ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2019/268
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 01 އޮކްޓޫބަރު 2019 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އެންވަޔަރަންމަންޓް އެނަލިސްޓް

"އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑް (އެންދެރި)" ޕްރޮޖެކްޓަށް ކޮންޓްރެކްޓް މުވައްޒަފެއް ހޯދުމާ ގުޅޭ

 

އެންވަޔަރަންމަންޓް އެނަލިސްޓް

 

'ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ' ގެ އެހީތެރިކަމާއެކު މިމިނިސްޓްރީން ހިންގާ "އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑް (އެންދެރި) މަޝްރޫއު އަދި ގުޅޭ އެހެނިހެން މަސައްކަތްތައް ރާވާ ހިންގުމަށް އެއް (01) އެންވަޔަރަންމަންޓް އެނަލިސްޓް އައްޔަންކުރުމަށް ބޭނުންވެއެވެ.

އެންވަޔަރަންމަންޓް އެނަލިސްޓު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބައޯޑައިވާސިޓީ ކޮންޒަވޭޝަން ޔުނިޓުން ހިންގާ މަޝްރޫއުތަކާއި އަދި މީގެ އިތުރުން އޮފީހުން ރާވާ ހިންގާ ކަންކަމުގައި ބައިވެރިވެ އެހީތެރިވުން ހިމެނެއެވެ.

އެންވަޔަރަންމަންޓް އެނަލިސްޓުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

-          އެންވަޔަރަންމެންޓަލް މެނޭޖްމަންޓް/ސައިންސް ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް

 

-          ދިރޭތަކެތީގެ ނަސްލާއި ގުޅޭ މަސައްކަތްތައް ކުރުމުގައި ތަޖުރީބާއި ތަޢުލީމު ލިބިފައިވާ މިންވަރު

-          ޑޯނާރ ފަންޑެޑް ޕްރޮޖެކްޓް ތަކުގައި އަމަލީ ގޮތުން މަސައްކަތް ކޮށްފައިވާ މިންވަރު

-          އަމިއްލަ އިސްނެގުމާއެކު ޙަވާލުކުރެވޭ މަސައްކަތްތައް ނިންމުމަށް ހުރި ގާބިލްކަން

 

 

މަގާމުގެ މައިގަޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

-          ދިރޭތަކެތީގެ ނަސްލާއި ގުޅޭގޮތުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެންމެހާ މުއާޙަދާތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން

-          ޤައުމީ ތަރައްޤީއާއި، އިޖްތިމާޢީ ކަންކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ދިރޭތަކެތީގެ ނަސްލު ޙިމާޔަތްކުރުން ސަރުކާރުގެ މައިމަގަށް ނެރުމުގެ މަސައްކަތް ކުރުން

-          ދިރޭތަކެތީގެ ނަސްލާ ގުދުރަތީ ވަސީލަތްތަކާއި އަދި އެތަކެތީގެ އަގާއިމެދު ހުރިހާ ފަރާތްތަކެއްގެ ހޭލުންތެރިކަން އިތުރުކުރުން

-          ދިރޭތަކެތީގެ ނަސްލާއި ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ރައްކާތެރި ގޮތެއްގައި ވާސިލްކޮށްދިނުމަށް މަސައްކަތްތައް ކުރުން

-          ދިރޭތަކެއްޗާއި ގުދުރަތީ ވަސީލަތްތަކާއި ގުޅޭ ޕޮލިސީތަކާއި ޕްލޭންތަކާއި ސްޓްރެޓެޖީ ތަކާއި އަމަލީ މަޝްރޫޢުތައް އެކުލަވާލާ ކަމާއި ގުޅޭ ގާނޫނުތަކާއި، ގަވައިދުތަކާއި، އުސޫލުތަކާއި އިރުޝާދުނާމާތަކާއި މިންގަނޑުތައް ހަދައި ތަންފީޒު ކުރުމުގައި ބަޔޯޑައިވަރސިޓީ ޔުނިޓުން ކުރަންޖެހޭ މަސައްކަތްތައް ކުރުން

-          ގައުމީ ފެންވަރުގައާއި، އަތޮޅުފެންވަރުގައާއި ރަށުފެންވަރުގައި އަދި ކޮމިއުނިޓީ ފެންވަރުގައި ދިރޭތަކެއްޗާއި ތަންތަން ޙިމާޔަތްކުރުމާއިބެހޭ މަޝްރޫއުތައް ހިންގުން

-          ރާއްޖޭގެ ދިރޭތަކެތީގެ ނަސްލާއި އެތަކެތި ދިރިއުޅޭ މާޙައުލުތަކާއި ގުޅޭ މައުލޫމާތު ބެލެހެއްޓުމާއިއެކު އެއާއި ގުޅޭގޮތުން ބައިނަލް އަޤްވާމީ ދާއިރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން

-          ޙިމާޔަތް ކުރާ ތަންތަނާއި ދިރޭތަކެއްޗާއި ގުޅޭގޮތުން ބަޔޯޑައިވަރސިޓީ ޔުނިޓުން ކުރަންޖެހޭ މަސައްކަތްތައް ކުރުން

-          ދިރޭތަކެއްޗަކީ އެންމެންގެ މެދުގައި ހަމަހަމަ އިންސާފު ވެރި އުސޫލަކުން ބޭނުންކުރެވޭ އަދި އޭގެ ފައިދާ އިންސާފުވެރި ހަމަހަމަ އުސޫލަކުން އެންމެންގެ މެދުގައި ބެހިގެންދާ އެއްޗެއްކަން ޔަގީންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން

-          ދިރޭތަކެތީގެ ސަބަބުން އިންސާނުންނަށާއި، އާއްމު ސިއްޙަތަށާއި، ތިމާވެއްޓަށާއި އެހެނިހެން ދިރޭތަކެއްޗަށާއި، މާޙައުލަށާއި، ގުދުރަތީ ވަސީލަތްތަކަށް ނޭދެވޭ އަސަރު ފޯރިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުން

-          ޑިޕާރޓްމަންޓުން ކުރިޔަށް ގެންދާ ތިމާވެށީގެ އެކިއެކި މަސައްކަތްތަކުގައި އެއްބާރުލުންދީ ލަފާ ދިނުން.

ވީމާ މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައި ބަޔާންކުރެވިފައިވާ މައުލޫމާތުތައް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް  އަށް ހުށަހެޅުއްވުން އެދެމެވެ.

އުޖޫރަ

މި މަޤާމަށް ހޮވޭ ފަރާތަށް މަހަކު -/15،600 (ފަނަރަ ހާސް ހަސަތޭކަ) ރުފިޔާދެވޭނެއެވެ.

މަސައްކަތުގެ މުއްދަތު:

- މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ސޮއި ކުރެވޭނީ 12 މަސް ދުވަހުގެ ކޮންޓްރެކްޓެއްގައެވެ.

 

 

ހުށަހަޅަށްޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ

 

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 01 އޮކްޓޫބަރު 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައި ހުށަހަޅަންޖެހޭ ލިޔުންތައް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

ފޮނުވަންޖެހޭ އެޑްރެސް:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392،

 ދިވެހިރާއްޖެ

ފޯނު ނަންބަރު: 3018300

 

19 ސެޕްޓެމްބަރ 2019

19 ސެޕްޓެންބަރު 2019