ވަޒީފާގެ ފުރުޞަތު
ނަންބަރު: GS36/2019/017
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 30 ސެޕްޓެންބަރު 2019 13:00
ކ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - އެޑްމިނިސްޓްރޭޓިވް އޮފިސަރ

`

ކ.އަތޮޅު މަދަރުސާ

  ކ.ކާށިދޫ، ދިވެހިރާއްޖެ                                         

 

GS36/2019/017 ނަންބަރު:

އިޢުލާނު

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-240197

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

މަޤާމުގެ ރޭންކު:

އޮފިސަރ ގުރޭޑް 2

ޖީ.އެސް. 4

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކ.އަތޮޅު މަދަރުސާ، ކ.ކާށިދޫ

މުސާރަ:

5020.00 ރުފިޔާ

ސަރވިސް އެލެވަންސް:

1500.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް:

700.00 ރުފިޔާ

އިތުރު އިނާޔަތްތައް

 

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަސްމީ ބަޖެޓާއި ، އަދި ސްކޫލްގެ އެހެނިހެން ފައިސާއާއިބެހޭ އެންމެހައި ލިޔެ ކިޔުންތައް ސަރުކާރުގެ މުދަލާއި ފައިސާ  ހޭދަކުރުމުގެ  ޤަވާޢިދުގައި  ބަޔާން  ކުރެވިފައިވާ  ގޮތުގެމަތިން ލިޔެބެލެހެއްޓުން.
  2. އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ސްކޫލުން އެކިފަރާތްތަކަށް  ފޮނުވަންޖެހޭ  ރިޕޯޓްތަކުގެ ތެރެއިން  ފައިސާއާއި ބެހޭ  ރިޕޯޓްތަކާއި  ލިޔުންތައް ކަނޑައެޅިފައިވާ މުއްދަތައް ފޮނުވުން.
  3. ސްކޫލަށް ކުއްޔަށްހިފާ ތަންތަނާއި ތަކެއްޗާއި އެސްޓިމޭޓް އުސޫލުން ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި ސްކޫލުން އެކިއެކި ބޭނުންތަކަށް އެކިފަރާތްތަކަށްތަކެތި ދޫކުރުމާއި އަނބުރާގެނައުމުން އެތަކެތި ބަލައިގަނެ އެކަމާއިގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން
  4. ކޮންމެމަހެއްގެ 20 ވަނަދުވަހުގެ ކުރިން މުސާރަޝީޓް ތައްޔާރުކުރުމާއި، ކުރީ ޝީޓް ތަކުގައި ހިމެނިފައިނުވާމުވައްޒަފުންނަށް ލިބެންވާ ހުރިހާ ފައިސާއެއް މުސާރަޝީޓް ގައި ހިމެނުން.
  5. މުވައްޒަފުންގެ މުސާރަ ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  6. ކ.އަތޮޅު ރަށްތަކުން ހަވާލުކުރެވިފައިވާ ސުކޫލްތަކުގެ މުސާރަ ކޮމްޕައިލްކޮށް ޕެންޝަން އަޕްލޯޑްކޮށް ޝީޓްތައް މިނިސްޓްރީއަށް ފޮނުވުން.
  7. މުސާރައާއި އެލަވަންސް ފައިސާ ބޭންކުން ގެނައުމުގެ އިންތިޒާމު ހަމަޖެއްސުން.
  8. މަހުގެ އެންމެ ފަހު ދުވަހު މުވައްޒަފުންގެ މުސާރަ އެމުވައްޒަފަކާ ޙަވާލުކުރުން.
  9. މުވައްޒަފުންނަށް އެމީހުންނަށް ޙަވާލުކުރެވުނު ފައިސާގެ ތަފްސީލް އެނގޭނޭފަދަ ލިޔުމެއް ކޮންމެ މަހަކުވެސް ޙަވާލުކުރުން.

ސްކޫލްގެ އާމުދަނީގެ ގޮތުގައާއި އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާއާއި މެދު ތިރީގައިވާ ގޮތުގެ މަތިން ޢަމަލުކުރުން.

-          ފައިސާ ބަލައިގެންފައި ދޭ ރަސީދުގައި ލިޔެ ފައިސާ ބަލައިގަތުން

-          މިފައިސާ ތިޖޫރީއަށް ޖަމާކޮށް ހަމަ އެދުވަހު 'ތިޖޫރީ ބާކީ' ފޮތަށް އެރުވުން.

-          ސްކޫލް ހިންގުމަށް ލިބޭ ފައިސާ ފިޔަވާ އެކައުންޓަށް ޖަމާވާ އެހެނިހެން ފައިސާވެސް ލިބޭ ފައިސާގެ ދުވަހު ފޮތަށް އެރުވުން.

-          މިގޮތަށް ލިބޭ ފައިސާގެ ބާކީއަށް އެރުވުން.

-     މިފައިސާ 'އެހެނިހެން ފައިސާގެ އައިޓަމް ބާކީ' އަށް އަރުވާ ބެލެހެއްޓުން.

10. ސްކޫލްގެ އިދާރީ ހިންގުމަށް ލިބޭ ފައިސާ ފިޔަވާ އެހެނިހެން ގޮތްގޮތުން ޚަރަދުކުރަންޖެހޭ ފައިސާ ޚަރަދުކުރެވޭނެ ލިޔެ ކިޔުންތައް ފުރިހަމަކުރުމަށްޓަކައި ތިރީގައިވާ ގޮތުގެ މަތިން ޢަމަލުކުރުން.

-     އެހެނިހެން ފައިސާއިން އެއްޗެއް ގަންނަންވެއްޖެނަމަ އިދާރީ ކަންކަން ބެލުމާ ޙަވާލުވެހުރި ވެރިޔާގެ މަސްވަރާގެ މަތިން ބޭނުންވާ ތަކެތީގެ ނޯޓު ތައްޔާރުކޮށް ތަކެތި ހޯދުން.

-          ލިބޭ ބިލްތައް ފައިސާ ހުއްދަދޭ ފޮތުގައި ލިޔެ އިދާރީކަންކަން ބަލުމާއި ޙަވާލުވެހުރި ވެރިޔާ ޗެކްކުރައްވައި ސޮއިކުރެއްވުމުން އިސްވެރިޔާ ސޮއިކުރުމަށް ގެންދިއުން.

-          ފައިސާ ޚަރަދުކުރުމަށް އިސްވެރިޔާ ހުއްދަ ދެއްވުމުން 'އެހެނިހެން ފައިސާ ޙަވާލުކުރާ' ފޮތުގައި ލިޔުން.

-          ހުއްދަދެއްވި ފައިސާ 'އެހެނިހެން ފައިސާގެ ބާކީ' އިން އުނިކުރުން.

-          ހުއްދަދެއްވި ފައިސާ ތިޖޫރީންނަގާ 'ތިޖޫރީ ބާކީ' އިން އުނިކުރުން.

-          މިފައިސާ ބިލްތަކުގެ ވެރިފަރާތާއި ޙަވާލުކުރާއިރު 'ފައިސާ ޙަވާލުކުރާ' ފޮތުގައި ސޮއިކުރުވުން.

-          ބިލް އެންޓްރީގައި ފައިސާދެއްކިކަމަށް ނޯޓުކުރުން.

-          ފައިސާ ޙަވާލުކުރެވުނު ބިލްތަކުގައި ހުއްދަ ނަންބަރާއި ބިލްގެ ވަނަޖަހާ ފައިލްކުރުން.

-          ކޮންމެ މީލާދީ މަހެއް ނިމުމުން ޖެހިގެން އަންނަ މަހުގެ 05 ވަނަ ދުވަހުގެ ކުރިން އެހެނިގެން ފައިސާގެ ރިޕޯރޓާއި ބަޖެޓް ރިޕޯރޓް ތައްޔާރުކޮށް އިދާރީ ކަންކަން ބެލުމާ ޙަވާލުވެހުރި ވެރިޔާ ޗެކްކުރެއްވި ސޮއިކުރެއްވުމުން އިސްވެރިޔާ ސޮއިކުރެއްވުމަށް ގެންދިއުން.

 

މަޤާމުގެ ޝަރުޠުތައް:

  1. 'ސާނަވީ' ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގުރޭޑު ލިބިފައިވުމާއިއެކު އޭގެ އިތުރުން 'ސެކަންޑަރީ ސުކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސުކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގުރޭޑު ލިބިފައިވުމާއިއެކު މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

  1. 'މަތީސާނަވީ' ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގުރޭޑު ލިބިފައިވުމާއިއެކު އޭގެ އިތުރުން 'ސެކަންޑަރީ ސުކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސުކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގުރޭޑު ލިބިފައިވުން.

 

ނުވަތަ

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

މަޤާމުގެ ދާއިރާތައް:      

 

  1.  އެޑްމިނިސްޓްރޭޝަން

ތައުލީމީ ރޮނގުތައް:

 

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް މެނޭޖްމަންޓް
  3. ޕަބްލިކް އެޑްމިނިސްޓްރޭޝަން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މަދަރުސާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް  

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ސެޕްޓެމްބަރު 30 ވާ ހޯމަދުވަހުގެ 13:00 ގެ ކުރިން، ކ.އަތޮޅު މަދަރުސާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޮކްޓޯބަރ 1 އާއި 7 އާއި ދެމެދު ކ.އަތޮޅު މަދަރުސާ ގައެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިތުރު މަޢުލޫމާތު ހޯދުން:   މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6640036 އަށެވެ. ފެކްސް ކުރައްވާނެ ނަންބަރަކީ، 6640428 އެވެ. އީ-މެއިލް ކުރައްވާނީ  [email protected]  އަށެވެ.

 

 

           20 މުޙައްރަމް 1441

           19 ސެޕްޓެމްބަރ 2019

19 ސެޕްޓެންބަރު 2019