ވަޒީފާގެ ފުރުޞަތު
ނަންބަރު: IUL /GS211/2019-19
ޕަބްލިޝްކުރި ތާރީޚް: 19 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި: 30 ސެޕްޓެންބަރު 2019 13:00
ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-315857

ބޭނުންވާ އަދަދު

އެކެއް (01)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސެކްޝަން:

ނޫރާނީ ސްކޫލް، ސ.ހިތަދޫ

އިދާރީ ސެކްޝަން

މުސާރަ:

-/4465ރ

ސަރވިސް އެލެވަންސް:

-/1500ރ

އެހެނިހެން އެލަވަންސް:

 

އިތުރު ޢިނާޔަތްތައް:

-/700ރ (ސަޕޯޓިންގ ކޯ އެލަވަންސް)

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1)      ސްކޫލުގެވެރިން އަންގާގޮތުގެމަތިން ހަވާލުކުރެވޭ ގަޑިތަކުގައި އޮފީސް ހުޅުވައި ލެއްޕުން.

2)      ސްކޫލްގެ ކިޔަވައިދިނުމާއި ގުޅޭ ދާއިރާގެ އެންމެހައި ލިޔުންތައް ތައްޔާރުކުރުމާއި، ފައިލްކުރުމާއި ބެލެހެއްޓުން

3)      ސްކޫލްގެ ތަޅުދަނޑިތައް ހަމައަށް ހުރިތޯ ބަލައި ކީބޯޑް ބެލެހެއްޓުން.

4)      ސްކޫލަށް ވައްދާ ދަރިވަރުންގެ އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބައލިގަތުމާއި، ކަމާގުޅޭ އިސްވެރިއެއްގެ ލަފާގެ މަތިން ރަޖިސްޓްރީ ކުރުމުގެ ކަންތައް ކުރުން.

5)      ސްކޫލްގެ މެއިން ރަޖިސްޓްރީ ބެލެހެއްޓުން (އަލަށް ވައްދާ ކުދިންގެ މަޢުލޫމާތު ރަޖިސްޓްރީއަށް ނެގުމާއި ވަކިވާ ކުދިންގެ މަޢުލޫމާތު ބައި ފުރިހަމަކޮށް ރަޖިސްޓްރީއިން އުނިކުރުން.

6)      ވަކިވާ ކުދިންގެ ލީވިންގް ސެޓްފިކެޓް ތައްޔާރުކުރުމާއި ލީވިންގް ސެޓްފިކެޓް ދޫކުރުން

7)      ދަރިވަރުންގެ ރެކޯޑް ފައިލްތައް ބެލެހެއްޓުމާއި ދުވަހުން ދުވަހަށް ރެކޯޑް ފައިލްތަކުގައި ލިޔަންޖެހޭ މަޢުލޫމާތު ލިޔެ ފުރިހަމަކުރުން

8)      އެކިއެކި މުބާރާތްތަކާއި ގުޅިގެން ދަރިވަރުންނަށް ދޭންޖެހޭ ސެޓްފިކެޓް ކަމާގުޅޭ ޓީޗަރުންގެ ލަފާގެމަތިން ތައްޔާރުކޮށް ރެކޯޑްތައް ބެލެހެއްޓުން

9)      ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓްފޮތްތައް ހޯދުމާއި ދަރިވަރުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ދަރިވަރުންނަށް ދޫކުރާތަކެތީގެ ރެކޯޑް ބެލެހެއްޓުން

10)  މީމިސް ޤަވާއިދުން އަޕްޑޭޓްކުރުން

11)  ސްކޫލްގެއިންވެންޓަރީ ބެލެހެއްޓުމާއި، ލިބޭ ހަރުމުދާ އިންވެންޓަރީގައި ލިޔެ، ހަލާކުވާ މުދާ އުނިކޮށް، ނީލަންކިޔަންޖެހޭ މުދާ ރިކޯޑްކޮށް ކަމާގުޅޭ ވެރިއެއްގެ އިރުޝާދުގެ ދަށުން ނީލަންކިޔުމުގެ އިނަތިޒާމުތަށް ހަމަޖެއްސުން.

12)  ސްކޫލަށް ދުވަހުން ދުވަހަށް ލިބޭ އެންމެހާ ލިޔެކިޔުންތައް އެންޓްރީ ކުރުމާއި އެންޓްރީ ޕްރިންސިޕަލްގެ ކޮޓަރިއަށް ވެއްދުން. ޖެހިގެން އަންނަ ދުވަހު އެންޓްރީ ޕްރިންސިޕަލް ސޮއިކޮށްފައިވާނަމަ ނެރެ ހަވާލުކުރަންޖެހޭ ސެކްޝަންތަކާއި ހަވާލުކުރުން. މިލިޔެކިޔުންތަކުގައި ދުވަހުން ދުވަހަށް ޖަވާބުދާރީވާންޖެހޭ މުހިއްމު ލިޔެކިޔުމެއްވާނަމަ ސްކޫލްގައި އެވަގުތު ހުންނެވި ވެރިޔަކާ މަޝްވަރާކޮށް އެއަށް އަޅަންޖެހޭ ފިޔަވަޅު އެޅުން.

13)  ސްކޫލްގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ، ކޮންމެ ހަފްތާއެއް ނިމުމުން އެހަފްތާއެއްގެ ޔައުމިއްޔާތައް ޕްރިންސިޕަލަށް ހުށަހަޅައި ސޮއިކުރުވައި ފައިލްކުރަމުން ގެންދިއުން.

14)  ސްކޫލްގެ ލިޔެކިޔުމާއި އެހެނިހެން ގޮތްގޮތުން ބޭނުންކުރަން ހޯދާތަކެތީގެ ސްޓޮކް ބެލެހެއްޓުން

15)  ދަރިވަރުންނަށް ދެވޭ ނާސްތާގެ އެންމެހައި ކަންތައް ބަލައި ކޮންމެ ދުވަހަކު ނާސްތާކުރި ދަރިވަރުންގެ ރިކޯޑް އަޕްޑޭޓްކުރުން

16)  ސްކޫލުން ބާއްވާ ކުޅިވަރުތަކާއި ފާހަގަކުރާ ދުވަސްތަކާއި ބާއްވާ ޖަލްސާތަކާއި އެކިއެކި ކަންކަމާއި ގުޅިގެން ބާއްވާ އެކިއެކި ޙަރަކާތްތައް ފުރިހަމަކުރުމަށް އެހީތެރިވެ ދިނުން.

17)  އެޑްމިނިސްޓްރޭޓިވް އޮފިސަރުންގެ ތެރެއިން ސަލާމުގައި ހުންނަ އެޑްމިނިސްޓްރޭޓިވް އޮފިސަރަކު އަދާ ކުރަންޖެހޭ މަސްއޫލިއްޠަތުގެ ތެރެއިން ހަވާލުކުރެވޭ މަސްއޫލިޔަތެއް އަދާ ކުރުން.

މަޤާމުގެ ޝަރުޠުތައް:

ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު،އޭގެ

އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރުސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑްލިބިފައިވުން.

  1. ހުށަހަޅަންޖެހޭ ލިޔުންތައް:
  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ނޫރާނީ ސްކޫލް އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމަށް ލިބުނު މާކްސްގެ އިންސައްތަ   %35

ތަމްރީނަށް ލިބުނު މާކްސްގެ އިންސައްތަ    %5

ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާނަށް ލިބުނު މާކްސްގެ އިންސައްތަ  %5

ވަޒީފާއާގުޅޭ މަސައްކަތުގެ ތަޖުރިބާއަށް ލިބުނު މާކްސްގެ އިންސައްތަ     

މަސައްކަތުގެ ހުނަރާއި،ފެންވަރާއި ޤާބިލުކަމާއި ސިފަތައް ބެލުމަށް އިންޓަރވިއު ކޮށްގެން،މަސައްކަތުގެ ހުނަރަށް ލިބުނު އިންސައްތަ %45

މަތީގައިވާ 5 ބަޔަށް ލިބޭ މާކްސް އަށް ބަލައި މެރިޓް އުސޫލުން އެންމެ މަތީ މާކްސް ލިބޭ ފަރާތް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30ސެޕްޓެމްބަރ 2019 ވާ ހޯމަދުވަހުގެ މެންދުރު 13.00 ގެ ކުރިން، ނޫރާނީ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު /ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 01 އޮކްޓޯބަރ 2019 އާއި 10 އޮކްޓޯބަރ 2019 އާ ދެމެދު، ނޫރާނީ ސްކޫލް ގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޢަދަދު 10 އަށް ވުރެ ގިނަނަމަ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށްގުޅާނީ 6885917އަށެވެ.އީމެއިލް [email protected] އަށެވެ.   

 

20  މުޚައްރަމް  1441

19ސެޕްޓެމްބަރ 2019

 

19 ސެޕްޓެންބަރު 2019