ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-LES/101/2019/9
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 16:03
ސުންގަޑި: 20 އޮކްޓޫބަރު 2019 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ފެށުމާ ބެހޭ

ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ފެށުމާ ބެހޭ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ހިންގުމަށް ހަމަޖެހިފައިވާ "ރެގިއުލަރައިޒޭޝަން ޕްރޮގްރާމް"، 19 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް (18 ސެޕްޓެމްބަރ 2020 އާ ހަމައަށް) ހުޅުވާލާ ވާހަކަ ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

މިގޮތުން ވަޒީފާ ދޭނެ ފަރާތެއް ލިބި، ރެގިއުލަރައިޒްވާން އެދޭ ބިދޭސީން ރެގުއުލަރައިޒްކުރުމަށް ހުށަހަޅާނީ، "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް، ވަޒީފާދޭ ފަރާތުންނެވެ. ވަޒީފާ ދޭނެ ފަރާތެއް ނެތް ބިދޭސީން، ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ފަށާތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި (18 މާރިޗު 2020 ގެ ކުރިން) މިނިސްޓްރީ އަށް ޙާޟިރުވެ، "ރެގިއުލަރައިޒްވާން އެދޭ ބިދޭސީންގެ ދަފުތަރު" ގައި ރަޖިސްޓްރީ ވާން ވާނެއެވެ. މި ދަފްތަރުގައި ރަޖިސްޓްރީ ވުމަށްޓަކައި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން މެންދުރު 12:30 އާ ހަމައަށް ނަންބަރު ދޫކުރަމުން ގެންދާނެއެވެ.

"ރެގިއުލަރައިޒޭޝަން ޕްރޮގްރާމް" ކުރިއަށްދާނީ ސިވިލް ސަރވިސް ކޮމިޝަންގެ އޮފީސް ހުންނަ ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގައި، އެކަމަށް ޚާއްޞަ ކުރެވިފައިވާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިދާރާގައެވެ. "ރެގިއުލަރައިޒޭޝަން ޕްރޮގްރާމް" އާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އެކަމަށް ޚާއްޞަ ކުރެވިފައިވާ ހޮޓްލައިން ނަންބަރު، 7205648 އާ ގުޅުއްވާ، މަޢުލޫމާތު ސާފުކުރެވޭނެ ވާހަކަ އަންގާ އިޢުލާން ކުރީމެވެ.

 

  ‏19‏  މުޙައްރަމް‏   1441 

18 ސެޕްޓެންބަރު 2019