ދިވެހިރާއްޖެ
ނަމްބަރު: HDC(161)-HR/IU/2019/125
ތާރީޚް: 18 ސެޕްޓެންބަރު 2019
ތައުލީމީ ފެންވަރާއި ތަޖުރިބާ:
- އަސާސީ ތަޢުލީމު ފެންވަރު ހުރުން
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ
މަޤާމުގެ މަސްއޫލިއްޔަތު:
ކޯޕަރޭޝަންގެ އޮފީސްތައް ފޮޅާ ސާފުކުރުމުގެ އެންމެހާ މަސައްކަތްތައް
މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ކޯޕަރޭޝަނުގެ އޮފީސްތައް، ސުޕަވައިޒަރުގެ ލަފާގެ މަތިން ފޮޅާ ސާފުކޮށް ބެލެހެއްޓުން.
- އޮފީހުގެ އެކި ޖަލްސާ އަދި ބައްދަލުވުންތަކަށް ސައި ތައްޔާރުކުރުން
- މަޤާމާއި ސެކްޝަނުގެ މަސައްކަތާއި ގުޅޭގޮތުން ޑިޕާރޓްމަންޓުގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- ހީވާގިކަމާއިއެކު މަސައްކަތް ކުރެވޭ ސިއްޙަތު ސަލާމަތުންހުރި ފަރާތަކަށްވުން.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
- މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން
މުސާރަ: 4000.00ރ (އެލަވަންސްތަކާއެކު މަދުވެގެން 8500.00ރ މުސާރައެއް ލިބޭނެއެވެ.)
....................................................................................................................................................................................
މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯރމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެކްރިޓެޑްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ޕޮލިސް ރިޕޯރޓް (އިންޓަވިއުއަށް ހޮވިއްޖެނަމަ ހުށަހަޅަންޖެހޭ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 25 ސެޕްޓެންބަރު 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމް މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މައި އޮފީސް:
ގްރައުންޑް ފްލޯރ، ރިޝެޕްޝަން އެޗް.ޑީ.ސީ ބިލްޑިންގ
ހުޅުމާލެ، ދިވެހިރާއްޖެ
ފޯނު: 3353535
ފެކްސް : 3335892