ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން 2019 ވަނަ އަހަރު ތައްޔާރުކޮށްފައިވާ 'ނެޝަނަލް އެކްޝަން ޕްލޭން އޮން އެއަރ ޕޮލޫޓަންޓްސް' ގެ ފޮތްތައް ޗާޕުކޮށްދެއްވާނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް މި އިއުލާނާ އެކުވާ 'ޓަރމްސް އޮފް ރިފަރަންސް' އާ އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 26 ސެޕްޓެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވުމަށް ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓްގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
މި އިއުލާނާއިގުޅިގެން ބިޑް ހުށަހެޅުމުގައި ހުރިހާ އައިޓަމަކަށް ބިޑް ހުށަހަޅަން ޖެހޭނެއެވެ. ހުރިހާ އައިޓަމަކަށް ބިޑް ހުށަނާޅާ ފަރާތްތަކުގެ ބިޑު ބާތިލް އިޚްތިޔާރު މިމިނިސްޓްރީއަށް ލިބިގެންވެއެވެ.
އަދި މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި 3018359 ނޫނީ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.