ވަޒީފާގެ ފުރުޞަތު
ނަންބަރު: GS104-D/IUL/2019/24
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 29 ސެޕްޓެންބަރު 2019 13:00
ޅައިމަގު ސްކޫލް/ ށ.ޅައިމަގު
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރުން ހޯދުން

މަޤާމް: ސެކިއުރިޓީ އޮފިސަރ
ބޭނުންވާ އަދަދު: 03
މަޤާމުގެ ގިންތި: ކޮންޓްރެކްޓް (3 މަސް ދުވަސް)
ވަޒީފާ އަދާކުރަންޖެހޭ ތަން: ޅައިމަގު ސްކޫލް
މުސާރަ: -/4100ރ (ހަތަރުހާސް އެއްސަތޭކަ ރުފިޔާ)
އިތުރު އިނާޔަތް: މިވަޒާފާއަށް އިތުރު އެއްވެސް ޢިނާޔަތެއް ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.
މަޤާމުގެ ޝަރުތު: ލިޔަންކިޔަން އެގުން (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިން ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތާއި ވާޖިބުތައް:
  1. ސްކޫލްގެ ގޯތިތެރެއާއި އެންމެހައި އިމާރާތްތަކާއި އިމާރާތްތަކުގައިވާ ތަކެއްޗާއި ގޯތިވަށައިގެންވާ މަގުތަކުގެ ސެކިޔުރިޓީ ބެލެހެއްޓުން.
  2. ޑިއުޓީ ކުރަމުންދާއިރު އާދަޔާއި ޙިލާފުކަމެއް ހިނގައިފިނަމަ، ވަގުތުން އެކަމެއް ސްކޫލެއްގެ މަސްޢޫލުވެރިޔަކަށް އެންގުން. އަދި ބެލެހެއްޓުމުގެ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން އިތުރުކަމެއް ކުރަންޖެހިއްޖެނަމަ އެވަގުތަކަށް ކުރެވެން އޮތްކަމެއް އެކަށީގެންވާ ގޮތެއްގައި ކުރުން.
  3. ސްކޫލު ބަންދުކުރުމުން ސްކޫލުގައި ތަޅުލައި ބަންދުކޮށްފައި ހުންނަންޖެހޭ އެންމެހައި ތަންތަން ހުރީ ރަނގަޅަށް ބަންދުކޮށް ތަޅުލައިފައިތޯ ޗެކްކުރުން. ސްކޫލުބަންދު ގަޑީގައި ކަމާއި ނުބެހޭ އެއްވެސް މީހެއް ނުވަތަ އެއްޗެއް ވިޔަސް ސްކޫލްތެރެއަށް ނުވެއްދުން.
  4. ސްކޫލް ބަންދުކޮށްފައި ހުންނައިރު ދޮރެއް ހުޅުވިފައި ހުރިކަން ނުވަތަ ބަންދުނުވެ ހުރިކަން އެނގިއްޖެނަމަ ވީހާ އަވަހަކަސް ސްކޫލްގެ ކަމާއިބެހޭ ވެރިޔަކަށް އެންގުމާއިއެކު އެކަމެއް ހައްލުކުރުން.
  5. ބަންދުގަޑީގައި ސްކޫލް ވަކިކަމަކަށް ވަނުމަށް ހުއްދަދީފައިވާ މީހުން ފިޔަވައި އެހެން މީހުން ސްކޫލްގެ ގޯތިތެރެޔަށާއި ޢިމާރާތަށް ވަނުން މަނާ ކުރުން.
  6. ޑިޔުޓީގައި ހުންނައިރު މަދުވެގެން ކޮންމެ ގަޑިޔަކު އެއްފަހަރު ސްކޫލުގެ ގޯތިތެރެއާއި ޢިމާރާތްތަކާއި ވަށައިގެންވާ މަގުފާރު ޗެކްކުރުން. އަދި އާދަޔާއި ޙިލާފުކަމެއް ފާހަގަ ކުރެވޭނަމަ އެކަމެއް ސުކޫލްގެ ވެރިއަކަށް އަންގުން.
  7. ހެނދުނު 06:00 ގައި ދިދަ ނަގާ ހަވީރު 06:00 ގައި ދިދަ ތިރިކުރުން.
  8. ސެކިޔުރިޓީ ބެލެހެއްޓުމުގެ ވަޒީފާގައި ތިބެންޖެހޭނީ ސިއްޙީގޮތުން އެކަމަށް އެކަށީގެންވާ އުމުރުން 18 (އަށާރަ) އަހަރުންމަތި 65 (ފަސްދޮޅަސް ފަހެއް) އަހަރުން ދަށުގެ ދިވެއްސެއް ކަމުގައި ވާންވާނެއެވެ.
  9. ޑިޔުޓީގައިހުންނައިރު މޯބައިލް ފޯނެއް އޮތުން.
  10. ޑިޔުޓީ ޝިފްޓް ބަދަލުވާއިރު ޑިޔުޓީގައިހުރި މީހާ ދާންވާނީ އެޑިޔުޓީ ޝިފްޓް ބަދަލުވާ ސެކިޔުރިޓީ އޮފިސަރަކަށް އެޑިޔުޓީއެއްގައި ނޯޓްކޮށްފައިހުރި އަދި ރައްކާތެރިވާންޖެހޭނެ ކަމެއްވާނަމަ އެކަން އެންގުން.
  11. ސްކޫލްގައި އޯލެވެލް، އޭލެވެލް އިމްތިހާނު އޮންނަ ދުވަސްވަރު އިތުރުކުއްޔަކާއިނުލާ ޑިޕާޓްމަންޓް އޮފް ފަބްލިކް އެގްޒެމިނޭޝަން އިން ކަނޑައަޅުއްވާ ފެންވަރަކަށް ސްކޫލްގައި އިމްތިހާން ކަރުދާސް ބަހައްޓާ (ރައްކާތެރި ކޮޓަރި) ގެ ސެކިޔުރިޓީ ބެލެއްޓުން.
  12. ސްކޫލުގައި އަހަރުތެރޭގައި ބޭއްވޭ އެކިއެކި ބޮޑެތި އިހުތިފާލުތަކާއި ޝޯވ ފަދަ ކަންތައްތައް ބާއްވާ ވަގުތުތަކުގައި އެކަމަކާއި އެކަށީގެންވާ ފެންވަރަކަށް ސްކޫލުން އަންގާ ގޮތެއްގެ މަތިން އިތުރު އަގަކާއިނުލައި ސެކިޔުރިޓީ ބަލަހައްޓައިދިނުން.
  13. އިމާރާތާއި ގޯތިތެރޭގައިވާ ދިއްލުންތައް، ހަމަޖެހިފައި އޮންނަ އުޞޫލުން ދިއްލައި ނިއްވުން.
  14. ވޮޗަރުންގެ ބެލުމުގެ ދަށުގައިވާ ތަންތަން ހުޅުވައި ލެއްޕުން (ކަނޑައެޅިފައިވާ ގަޑިތަކުގައި، ގޭޓް ހުޅުވައި ލެއްޕުން)
  15. ތަނުގައި ދިމާވާ މައްސަލަތައް، ކަމާބެހޭ ވެރިންނަށް، ހިނދުން ހިނދަށް، ޤަވާއިދުން ރިޕޯޓްކުރުން.
  16. އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަންދިނުން.
  17. ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
  1. ފުރިހަމަ ކޮށްފައިވާސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު(މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
    (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
    (ހ)ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
    (ށ)އަމިއްލަ ކުންފުންޏެއްނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ދާއިރާ ބެލޭނެ ބައިތައް މާކްސް އިންސައްތަ (%) ކެޓަގަރީގެ ޖުމްލަ އިންސައްތަ
ތަޢުލީމާއި ތަމްރީން ލިބިފައިވާ ތަޢުލީމް 25 21 26
މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން 30 5
މަސައްކަތުގެ ތަޖުރިބާ މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ 30 26 26
ލިބިފައިވާ ހުނަރު އިންޓަރވިއު / ޕްރެކްޓިކަލްސް 100 48 48
ޖުމްލަ 185 100 100
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ސެޕްޓެމްބަރ 219ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން، ޅައިމަގު ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް، ދުވަސް އިތުރުކޮށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 29 ސެޕްޓެމްބަރ 2019 އާއި 03 އޮކްޓޯބަރ 2019އާ ދެމެދު، ޅައިމަގު ސްކޫލްގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %25 އެވެ.

އިތުރު މަޢުލޫމާތު:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540578 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6540578 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

18 ސެޕްޓެންބަރު 2019