ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)342/2019/97
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 03 އޮކްޓޫބަރު 2019 14:00
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން މިރަށަށް ލިބޭ ހައުސިންގ ޔުނިޓާބެހޭ

ނަންބަރު: (IUL)342/2019/97

އިޢުލާން

ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން މިރަށަށް ލިބޭ ހައުސިންގ ޔުނިޓާބެހޭ:

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން ސަރުކާރުން އއ. އަތޮޅުގައި އެޅުމަށް ރާވާފައިވާ 900 ހައުސިންގ ޔުނިޓްގެ ތެރެއިން އއ. މަތިވެރިއަށް ލިބިފައިވަނީ 106 ހައުސިންގ ޔުނިޓެވެ.

ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތަކީ އަތޮޅު ތަކުގައި ދިރިއުޅޭ މީހުން ގެދޮރު ވެރިކުރުވުން ކަމުގައިވާތީވެ، މި މަޝްރޫޢު ދަށުން ހައުސިންގ ޔުނިޓް އިމާރާތްކުރުމުގައި މިހާރު ދޫކޮށް، އިމާރާތް ނުކުރެވިހުރި ގޯތި ތަކުގައި ގެ އިމާރާތްކޮށް ދިނުމާއި، އަދި އަލަށް ކަނޑައަޅާ ބިންތަކުގައި ރޯހައުސް ނުވަތަ ފްލެޓް އިމާރާތްކުރުންވެސް ކުރިއަށް ގެންދެވޭނެއެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރެވޭނީ 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް އަދި ބަދިގެ ހިމެނޭ ތަޅުމުގެ ބޮޑުމިން 900 އަކަފޫޓުގެ ގެ ތަކެކެވެ. މި މަޝްރޫޢުގައި ތަފާތު ޑިޒައިން ލޭއައުޓްތައް ގެންގުޅޭނެއެވެ.

މިގޮތުން އިމާރާތް ނުކުރެވި ހުރި ގޯތިތަކުގައި ގެ އިމާރާތް ކުރުމަށް އެދޭ ރައްޔިތުންނާއި، ރަށުގައި އިމާރާތްކުރާ ރޯހައުސް ނުވަތަ ފްލެޓަށް އެދޭ ރައްޔިތުންގެ މަޢުލޫމާތު ބޭނުންވެއެވެ.

ވީމާ، މިދެންނެވި މަޢުލޫމާތު ދެނެގަތުމަށްޓަކައި މި އިދާރާއިން ދޫކުރާ "ހައުސިންގ ޔުނިޓަށް އެދޭ ރައްޔިތުންގެ މަޢުލޫމާތު ފޯމު" ފުރުއްވާ 3 އޮކްޓޫބަރު 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 މުޙައްރަމް 1441

18 ސެޕްޓެންބަރު 2019

18 ސެޕްޓެންބަރު 2019