ވަޒީފާގެ ފުރުޞަތު
ނަންބަރު: FDC-IUL/2019/20
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:55
ސުންގަޑި:
25 ސެޕްޓެންބަރު 2019 14:00
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކޯޕަރޭޝަނުން އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ވަޒީފާއަށް ކުރި FDC-IUL/2019/17 ނަންބަރު އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހެޅުއްވުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މި ވަޒީފާއާއިބެހޭ ޓާރމްސް އޮފް ރެފެރަންސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މަޤާމު:
|
އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން:
|
ފަހިދިރިއުޅުން ކޯޕަރޭޝަން، 8 ވަނަ ފަންގިފިލާ، ހ. އޯކިޑް، ކ. މާލެ.
|
މަޤާމުގެ ޝަރުޠު:
|
- ޖީ.ސީ.އީ އޭ ލެވެލް އިން މަދުވެގެން 2 ފާސް ލިބިފައިވުމާއެކު މަސައްކަތާގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ؛
- ޖީ.ސީ.އީ އޯ ލެވެލް އިން ދިވެހި އަދި އިނގިރޭސި ހިމަނައިގެން މަދުވެގެން 5 ފާސް ލިބިފައިވުމާއެކު މަސައްކަތާގުޅޭ ދާއިރާއަކުން 1-3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ރިސެޕްޝަނަށް ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި އަދަބުވެރިކަމާއެކު މުއާމަލާތް ކުރުމާއި މެހެމާންދާރީ އަދާކުރުން.
- ރިސެޕްޝަނަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބު ދިނުން އަދި ފޯނު ކޯލްތައް ޑިޕާޓުމަންޓުތަކަށް ރޫޓް ކުރުން.
- އޮފީހުގެ ރިސެޕްޝަނަށް އަންނަ ލިޔެކިޔުންތައް ބަލައިގަނެ، ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށް އެންޓީކުރުމަށްފަހު ޑިޕާޓްމަންޓްތަކަށް ފޮނުވުން.
- އޮފީހުން ފޮނުވާ ލިޔެކިޔުންތައް ކަނޑައަޅާފައިވާ އުސޫލާއެއްގޮތައް، ޑިސްޕެޗްކުރުމަށް ފޮނުވުން.
- އޮފީހުގައި ބާއްވާ ބައްދަލުވުންތަކުގެ ލޮގް ބަލަހައްޓައި، ބައްދަލުވުންތަކަށް މީޓީންގ ރޫމް ތައްޔާރުކޮށް، ބައްދަލުވުން ކުރިއަށްގެންދާ ވަގުތުގައި ދޭންޖެހޭ އެހީތެރިކަށް ފޯރުކޮށްދިނުން.
- ޑިޕާޓުމަންޓުން ފޮނުވަންޖެހޭ ސިޓީ/ލިޔުން އަދި އެހެނިހެން ތަކެތި ތައްޔާރުކޮށް ފޮނުވުން.
- ޑިޕާޓްމަންޓަށް ބޭނުންވާ ރިޕޯޓުތައް ގަވާއިދުން ތައްޔާރުކޮށް ބެލެހެއްޓުން.
- އޮފީހުގެ ބޭނުމަށް ލިޔެކިޔުންތައް ޕްރިންޓުކުރުމާއި، ކޮޕީނެގުމާއި، ބައިންޑުކުރުމާއި ފެކްސް ކުރުން.
- ޑިޕާޓުމަންޓުގެ ލިޔެކިޔުންތައް ގަވާއިދުން ބަލަހައްޓާ ފައިލްކުރުން.
- އޮފީސް ހުޅުވާ ލެއްޕުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އޮފީސް ހުޅުވައި ލެއްޕުން.
- އޮފީހުން ބާއްވާ ބައްދަލުވުންތަކާއި، ސެމިނާތަކާއި، މައުލޫމާތު ސެޝަން އަދި އެހެނިހެން އިވެންޓްތަކަށް ފޯރުކޮށްދެންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.
- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
- އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
|
ސުންގަޑި:
|
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 25 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި ކޯޕަރޭޝަންގެ އޮފީސް (ހ. އޯކިޑް8B އަމީރުއަޙްމަދު މަގު، މާލެ، 20095) އަށް އެޑްރެސްކުރައްވައި ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކުރައްވާށެވެ.
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 16:00 ދެމެދު 3313244 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.