ތަމްރީނު
ނަންބަރު: (IUL)244/244/2019/44
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 25 ސެޕްޓެންބަރު 2019 13:30
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޔަރ ފައިޓިން ޓްރޭނަރ އަށް ބައިވެރިން ހޯދުމާއި ބެހޭ

         ނަމްބަރ: IUL)244/244/2019/44

                                އިޢުލާން                            

ފަޔަރ ފައިޓިން ޓްރޭނަރ އަށް ބައިވެރިން ހޯދުމާއި ބެހޭ

          ޒުވާނުން ބާރުވެރިކުރުމާއި އެކިއެކި ދާއިރާއިން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ރާއްޖެއިން ބޭރުގައި ބޭއްވުމަށް މަޝްވަރާ ކުރަމުންދާ ފަޔަރ ފައިޓިން ޓްރެއިނިންގ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ، ތިރީގައި ބަޔާންކޮށްފައިވާ ޝަރުތައް ފުރިހަމަވާ ފަރާތްތަކުން، މި ޕޮރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.  މިކޯހަށް ބައިވެރިން ކަނޑައެޅުމުގައި ބަލާނީ ހުށަހަޅާ ހުރިހާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކްސް ހޯދާ ފަރާތްތަކެވެ.

 ޝަރުތުތައް:

  • ސާނަވީ އިމްތިހާނުންގެ 3 މާއްދާއިން ފާސްވެފައިވުން
  • ރަނގަޅު ޞިއްޙަތެއްގައި ހުރުން
  • ތުރާކުނުގެ ރަށްވެއްސެއް ކަމުގައިވުން
  • އުމުރުން 18 އާއި 35 އަހަރާ ދެމެދު މީހަކަށްވުން.

         ވީމާ، މިތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރިފަރާތްތަކުން 25 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 13:30 އަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ތައުލީމީ ސެޓްފިކެޓްތަކާއި އައި.ޑީ ކާޑްގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

        18 މުޙައްރަމް 1441

        17 ސެޕްޓެމްބަރ 2019

17 ސެޕްޓެންބަރު 2019