ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2019/73
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:18
ސުންގަޑި: 01 އޮކްޓޫބަރު 2019 13:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީގައި އަގުދީގެން ޕާރކުކުރުމާއި ގުޅޭ

         މިކައުންސިލްގެ 74 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ވަނީ އަގުދީގެން 4 ފުރޮޅުލީ ވެހިކަލް ޕާރކްކުރުމުގެ އުސޫލެއް ފާސްކޮށްފައެވެ. އަދި މިއުސޫލު ވަނީ މިއަދު ޢާއްމުކޮށް ގެޒެޓް ކުރެވިފައެވެ. އަދި މިކައުންސިލްގެ ވެބްސައިޓް http://malecity.gov.mv ގައިވެސް ޝާއިރު ކުރެވިފައި ހުންނާނެ ވާހަކަ ދަންނަވަމެވެ.

         މިއުސޫލުގައިވާ ގޮތުން މާލޭގައި އަގުދީގެން ވެހިކަލް ޕާރކް ކުރެވޭނީ މ. ދަންޑަހެލުގެ (ސްޕްރީމްކޯޓް ކުރިމަތި) ގައި ހަދާފައިވާ ޕާރކިންގ ޒޯންގައެވެ.

         މަތީގައި ދެންނެވިފައިވާ ޒޯނުގައި ޕާރކުކުރުމަށް އެދި ހުށަހަޅަންޖެހޭ ފޯމް މިކައުންސިލްގެ ވެބްސައިޓުން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި ޕާރކިން ސްލޮޓްތަކަށް އެދި ހުށަހަޅަންޖެހޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 18 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 09:00 އިން 01 އޮކްޓޫބަރ 2019 ވަނަ ދުވަހުގެ 13:00 އަށް މިކައުންސިލްގެ މާފަންނު އޮފީހުންނެވެ. އަގުދީގެން ޕާރކުކުރުމަށް ހަމަޖެހިފައިވާ ސްލޮޓްގެ އަދަދަކީ 40 އެވެ.

         ވީމާ، މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.    

                                              18 މުޙައްރަމް 1441

17 ސެޕްޓެންބަރު 2019