މަސައްކަތް
ނަންބަރު: GS103/IUL/2019/30
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 25 ސެޕްޓެންބަރު 2019 11:00
ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
ގަސް ކެނޑުން

އިއުލާން

 

އަންދާސީ ހިސާބު ހުށައެޅުމުގެ ދައުވަތު

 

މިސްކޫލުން ދެއްވާ މައުލޫމާތާއި އެއްގޮތަށް -/10000 (ދިހަހާސް ރުފިޔާ) އަށްވުރެ އަގުބޮޑު ނުވާނެހެން  ސްކޫލްގައި ހުރި ދިއްގާގަސްތަށް ކަނޑައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ،  މިކަމަށް  ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 22 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 25 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ  11:00 އަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ދެވެންނެތްވާހަކަ ދަންނަވަމެވެ. މައުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއިއެކު އައިޑީކާޑުގެ ކޮޕީ ފޮނުއްވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ.ކާރޑް ގެންނެވުން އެދެމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާނު ކުރީމެވެ.

                                         18 މުޙައްރަމް 1441     

                                     17    ސެޕްޓެމްބަރ     2019     

17 ސެޕްޓެންބަރު 2019