ކުއްޔަށް ދިނުން
ނަންބަރު: (IUL)262/262/2019/48
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި: 24 ސެޕްޓެންބަރު 2019 10:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަތރުރުހިޔާ ޢިމާރާތުގެބައެއް ކުއްޔަށްދިނުން

ހދ.ނޮޅިވަރަންފަރު ބަނދަރުސަރަހައްދުގައި ކައުންސިލްއިދާރާއިން ޢިމާރާތްކޮށްފައިވާ "ދަތުރުހިޔާ" ސާފްކޮށް

ބެލެހެއްޓުމަށް ޝަރުތުކޮށް ޢިމާރާތުގެބައެއް ކުއްޔަށްދިނުމަށް       މިއިދާރާއިންކުރި ނަންބަރ (IUL)262/262/2019/37 (30 ޖޫން2019 ) އިޢުލާނުގައި ބައެއް މަޢުލޫމާތު ފުރިހަމަ ނުވާތީ، އެއިޢުލާންބާތިލުކޮށް އެޢިމާރާތުންކުއްޔަށް ދޫކުރުމަށްހަމަޖެހިފައިވާބައި ކުއްޔައްހިފާނެފަރާތެއްހޯދުމަށް އިޢުލާންކުރަމެވެ.           

ވީމާ، ދަތުރު ހިޔާ ސާފުކޮށް ބެލެހެއްޓުމާއިއެކު ޢިމާރާތުން ކުއްޔަށް ދޫކުރާބަޔަށް ގެންނައްޖެހޭ ބަދަލުތައް

އަމިއްލަޚަރަދުގައި ގެނެސް ކުއްޔަށްހިފުމައް ޝައުޤުވެރިވާ ފަރާތްތަކުން 2019 ސެޕްޓެންބަރ 16 ވާ ހޯމަ ދުވަހުގެ 10.00 އަށް ކައުންސިލްއިދާރާގެ ޖަލްސާކުރާމާލަމަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ސެޕްޓެންބަރ 24 ވާ އަންގާރަ ދުވަހުގެ 10.00 އަށް އަންދާސީހިސާބު ހުށައެޅުއްވުންއެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުންނާއި ގަޑިޖެހިގެން ހާޟިރުވާ ފަރާތްތަކުންހުށައަޅާ އަންދާސީހިސާބު ގަބޫލުނުކުރެވޭނެއެވެ. މިއިޢުލާނާއިގުޅިގެން މަޢުލޫމާތުސާފުކުރުމަށާއި އަންދާސީހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ އެކަންއެނގޭނެ ލިޔުމެއް ހުށައެޅުންވުންއެދެމެވެ.

 

މިއިޢުލާނާގުޅިގެން ހުށައަޅާހުށައެޅުންތަކަށް ޕޮއިންޓްދެވޭނެއުޞޫލަކީ:

v      ހުށައަޅާއެއްމެބޮޑުއަގަކަށް   % 60

v      ތަންސާފުކޮށް ބެލެހެއްޓުމަށް % 30

v      މާލީތަނަވަސްކަށް        % 10

                   މިހެންވެމިކަން އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

                        09   މުޙައްރަމް 1441

08 ސެޕްޓެންބަރ 2019 

16 ސެޕްޓެންބަރު 2019