ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)347/347/2019/75
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 08:16
ސުންގަޑި: 23 ސެޕްޓެންބަރު 2019 13:30
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރައިގެ ނަންބަރު: (IUL)347/347/2019/73 އިޢުލާނު އިސްލާޙު ކުރުން

މިރަށުގައި ހަދަންފަށާފައިވާ ފުޓްސެލް ދަނޑުގެ ނުނިމިހުރި މަސައްކަތް ތަކުގެ ތެރެއިން ބައެއް މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި އިދާރައިގެ ނަންބަރު: (IUL)347/347/2019/73 އިޢުލާނުގައި، "އަގު ހުށަހަޅާ ފޯމު 2019 ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ 10:00 އިން 2019 ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ 13:30 އާ ހަމައަށް މި އިދާރާއިން ލިބެން ހުންނާނެ"ކަމަށް ބަޔާން ކުރެވިފައި އެވަނީ އޮޅުމަކުންނެވެ.

ރަގަޅު ގޮތަކީ އަގު ހުށަހަޅާ ފޯމު، މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކަށް، އެ ބައްދަލުމުގައި ދޫކުރެވޭނެއެވެ. މީގެ އިތުރުން 2019 ސެޕްޓެމްބަރު 22 ވަނަ ދުވަހުގެ 10:00 އިން 2019 ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ 13:30 އާ ހަމައަށް މި އިދާރާއިން، އަގުހުށަހަޅާ ފޯމާއި މަޢުލޫމާތު ޝީޓް ލިބެން ހުންނާނެއެވެ.

މިހެންވި މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

16 ސެޕްޓެންބަރު 2019