މަސައްކަތް
ނަންބަރު: GS71-D/IUL/2019/16
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި:
03 އޮކްޓޫބަރު 2019 11:00
މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފ.މަގޫދޫ ސްކޫލް ހޯލްގައިވާ ދެބުރި ޢިމާރާތުގެ ކަރަންޓް ތްރީފޭސް ކަރަންޓަށް ބަދަލްކުރުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ފ.މަގޫދޫ ސްކޫލް 04 ކުލާސްރޫމާއި، އޮފީސް ހިމެނޭ 02 ބުރި އިމާރާތުގެ ކަރަންޓް 03 ފޭސް ކަރަންޓް އަށް ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް މަސައްކަތާއި ހަވާލުވާ ފަރާތުގެ އަމިއްލަ ތަކެތީގައި ބަދަލު ކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ސެޕްޓެމްބަރ 17 އިން 2019 ސެޕްޓެމްބަރ 23 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ސެޕްޓެމްބަރ 23 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ސެޕްޓެމްބަރ 24 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- ބީލަން ހުޅުވުން އޮންނާނީ 2019 އޮކްޓޯބަރ 03 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މަގޫދޫ ސްކޫލް
ފޯން: 7952912
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
16 ސެޕްޓެންބަރު 2019