ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)223/1/2019/09
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 26 ސެޕްޓެންބަރު 2019 13:30
ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

ޓެކްސް އެޕީލް ޓްރައިބިއުނަލް

މާލެ، ދިވެހިރާއްޖެ

ވަޒީފާގެ ފުރުޞަތު

 

 

 

މަޤާމް:

އެޑްމިނިސްޓްރޭޓަރ

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިން އެންޑް ފައިނޭންސް

މުސާރަ، ޢިނާޔަތްތަކާއެކު:

މަހަކު 17,850ރުފިޔާ

އަދި ހަމަޖެހިފައިވާ އުސޫލުން މެޑިކަލް އިންޝުއަރެންސްއާއި އިތުރު ގަޑި.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ޓްރައިބިއުނަލުގެ އިދާރީ ލިޔެކިޔުންތައް ބަލައިގަނެ، އިދާރީ ހިންގުމުގެ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުން.

- ޓްރައިބިއުނަލުން ޢާންމުންނަށް ދޭންޖެހޭ ޚިދުމަތްތައް ހަރުދަނާކޮށް ހަލުވިކުރުން.

- މުވައްޒަފުންގެ އެންމެހައި އިދާރީ ކަންތައްތައް ބެލެހެއްޓުން.

- މުވައްޒަފުންގެ މެދުގައި މަސައްކަތްކުރުމުގެ ރޫޙު އުފައްދައި، ހީވާގިކަމާއެކު މަސައްކަތްކުރެވޭނެފަދަ މާޙައުލެއް މެންބަރުން ކަނޑައަޅާ އުސޫލެއްގެ މަތިން އުފެއްދުން.

- ޓްރައިބިއުނަލުން އިދާރީ ގޮތުން ނިންމާ ނިންމުންތައް މެންބަރުން ކަނޑައަޅާ އުސޫލަކުން ހާމަކޮށްދިނުން.

- ޓްރައިބިއުނަލްގެ ބަޖެޓް ތައްޔާރުކުރުމާއި، ފައިސާއާބެހޭ އެންމެހައި އިންތިޒާމުތައް ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ފުރިހަމަކުރުމާއި، މުވައްޒަފުންގެ މުސާރަ ދީ ބެލެހެއްޓުން.

ޝަރުތު:

- ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު އެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުން، ނުވަތަ

- ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، އެ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

- ހިންގުމުގެ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، އެ ދާއިރާއިން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

- ސަރުކާރުގައި ނުވަތަ ސަރުކާރުގެ މުއައްސަސާއެއްގެ ހިނގުމުގެ ދާއިރާގެ މި ފެންވަރުގެ މަޤާމެއްގައި ހުރުން.    

 

ހުށަހަޅުއްވަންޖެހޭ ތަކެތި:

  1. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ: (ވަޒީފާއަށް ހޮވޭ ފަރާތަކުން، ވަޒީފާ ހަމަޖެއްސުމުގެ ކުރިން އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް ހުށަހަޅަންވާނެއެވެ.)

 

  1. ވަޒީފާއެއްގައި އުޅުއްވާ، ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. (ވަޒީފާގެ މަސްއޫލިއްޔަތު، އެވަޒީފާގައި ހޭދަވި މުއްދަތާއި އަދި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް.)

 

  1. ކަރިކިއުލަމް ވިޓާ (ސީވީ)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 

      ވީމާ މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 26 ސެޕްޓެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލަށް (މއ. ޖަންބުގަސްދޮށުގެ 3 ވަނަ ފަންގިފިލާ) ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. މި މަޤާމަށް އިންޓަރވިއު ކުރުމަށް ދަންނަވާނީ ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ސޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށްއެދޭ ފޯމް މި ޓްރައިބިއުނަލުންނާއި އަދި މި ޓްރައިބިއުނަލްގެ ވެބްސައިޓްwww.tat.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

 

16 މުޙައްރަމް 1441

15 ސެޕްޓެމްބަރު 2019

16 ސެޕްޓެންބަރު 2019