ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)221-HRS/221/2019/50
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 24 ސެޕްޓެންބަރު 2019 14:30
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް ސޮފްޓްވެއަރ ޑިވެލޮޕަރ

ވަޒީފާގެ ފުރުޞަތު

   މި އޮތޯރިޓީގެ ނަންބަރ (IUL)221-HRS/221/2019/39 އިއުލާނާއި ގުޅިގެން ކުރިމަތީލީ ފަރާތްތަކުން މަޤާމަށް ބޭނުންވާ އަސާސީ ޝަރުތު ފުރިހަމަ ނުވާތީ، އެ މަޤާމަށް އަލުން އިއުލާން ކުރަމެވެ.

 

މަޤާމް:

އެސިސްޓެންޓް ސޮފްޓްވެއަރ ޑިވެލޮޕަރ

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކް:

MS 3

މަޤާމުގެ ގިންތި:

ދާއިމީ

ވަޒިފާއަދާ ކުރަންޖެހޭ ތަން:

ކަައުންސިލް ޑިޖިޓަލައިޒޭޝަން އެންޑް ޕްރޮޖެކްޓްސް ސެކްޝަން - ލޯކަލް ގަވަރމަންޓް އޮތޯރިޓީ

އަސާސީ މުސާރަ:

7,035.00ރ

ސަރވިސް އެލަވަންސް:

2,000.00ރ

އެހެނިހެން އެލަވަންސް:

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

އަސާސީ މުސާރައިގެ 35% (ތިރީސް ފަސް އިންސައްތަ)

ލިވިންގ އެލަވަންސް:

4,000.00ރ (ޕްރޮބޭޝަނަށް ފަހު)

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިގެންދާނެއެވެ.

މަޤާމުގެ އަސާސީ ޝަރުތު:

 

1.      މަޤާމުގެމަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެއޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ  ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި  ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެތަޖުރިބާ ލިބިފައިވުން.

ނުވަތަ

2.      މަޤާމުގެމަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެއޮނިގަނޑުގެ ލެވެލް 6 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި  ގުޅުންހުރި ދާއިރާއަކުން 3 އަހަރު ދުވަހުގެތަޖުރިބާ ލިބިފައިވުން.

ނުވަތަ

3.      މަޤާމުގެމަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެއޮނިގަނޑުގެ ލެވެލް 5 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއިގުޅުންހުރި ދާއިރާއަކުން 4 އަހަރު ދުވަހުގެތަޖުރިބާ ލިބިފައިވުން.

އެހެނިހެން މަޢުލޫމާތު:

·         މަޤާމުގެމަސްއޫލިއްޔަތާއި ގުޅޭދާއިރާތައް:

-          ސޮފްޓްވެއަރ ޑިވެލޮޕްކުރުން

-          ސޮފްޓްވެއަރ އިންޖިނިއަރިންގ

·         ތަޢުލީމީ ރޮނގުތައް:

-          ސޮފްޓްވެއަރ އިންޖިނިއަރިންގ

-          ކޮމްޕިއުޓަރ ސައިންސް

-          އިންފޮމޭޝަން ޓެކްނޮލޮޖީ

·         މަޤާމަށް ބޭނުންވާ އަސާސީ ޝަރުތުގައި ހިމެނޭ އެންމަތީ ސަނަދަށްވުރެ މަތީ ސަނަދު (އެއް ލެވެލް މަތި) ހާސިލްކޮށްފައިވާ ފަރާތްތައް އޯވަރކޮލިފައިޑް ކަމަށް ކަނޑައެޅޭނެއެވެ.

·         ވަޒީފާއަށް ނެގޭ މުވައްޒަފުގެ ފުރަތަމަ 3 (ތިނެއް) މަސްދުވަހަކީ ޕްރޮބޭޝަންގެ މުއްދަތެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އީ-ސަރވިސަސް ކަނޑައެޅުމާއި، އެކަންކަން ޤާއިމްކޮށް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރުން.

2.    ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އޮންލައިން ޕްލެޓްފޯމްތައް ޤާއިމްކޮށް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރުން.

3. ކައުންސިލްތަކުގެ މަސައްކަތް ހަރުދަނާކުރުމަށް ފަރުމާކުރެވޭ ސޮޕްޓްވެއަރ އަދި އެޕްލިކޭޝަންތައް ޑިވޮލޮޕްކުރުމުގެ މަސައްކަތް ކުރުން.

4.      އީ-ކައުންސިލް މޮޑިއުލްތައް ހިންގާ ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން.

5.    އީ-ސަރވިސަސް އަދި އޮންލައިން ޕްލެޓްފޯމްތަކައް ބޭނުންވާ އެހީތެރިކަން ކައުންސިލްތަކަށް ދިނުން.

6. ކައުންސިލްތަކުގެ އެންމެހާ އައިޓީ ކަންތައްތަކާއި ގުޅޭގޮތުން އަންނަ ޝަކުވާތަކާއި މައްސަލަތަކަށް ހައްލު ހޯދައި ދިނުމާއި ފަންނީ ލަފާ ދިނުން.

7.    ކައުންސިލްތަކުގެ ކޮމްޕިއުޓަރ ސިސްޓަމްތަކާއި ކައުންސިލްތަކުގެ އައިޓީ ސާމާނަށް ދިމާވާ ސޮފްޓްވެއަރ އަދި ހާޑްވެއަރ މައްސަލަތައް ޙައްލުކުރުމަށް އެހީތެރިވެދިނުން.

8.    ކައުންސިލްތަކުގެ އައިޓީ ވަސީލަތްތަކަށް މުވައްޒަފުން ހޭލުންތެރިކުރުމާއި ކައުންސިލްތަކުގެ އައިޓީ އާވަސީލަތްތަކަށް މުވައްޒަފުން ތަމްރީނު ކުރުވުން.

9.      ކައުންސިލްތަކުގެ ވެބްސައިޓަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައި ދިނުން.

10.  ކައުންސިލްތަކުގެ އިންޓްރާ ނެޓްވޯކް ޤާއިމްކުރުމުގެ މަސައްކަތް ކުރުން.

11.  އީ-ގަވަރމަންޓް އާއި އެހެނިހެން އައި.ޓީ އާއި ގުޅުންހުރި ތަމްރީންތައް މުވައްޒަފުންނަށް ދިނުން.

12.  އޮތޯރިޓީގެ ވެބްސައިޓްގެ ޓެކްނިކަލް މަސައްކަތްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

13.އެލް.ޖީ.އޭގެފަރާތުން ކައުންސިލްތަކަށް އަމާޒުކޮށްގެން ހިންގާ އެކިއެކި ތަމްރީންޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކާއި އަދި ކައުންސިލްތައް މޮނިޓަރ ކުރުމުގައި ޢަމަލީގޮތުން ބައިވެރިވުމާއި، ބޭނުންވާފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1.      ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު

2.      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)

4.      ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި، އެސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓް ކޮޕީ

5.      ލިބިފައިވާ ކުރު މުއްދަތު ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

6.      ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ

ނޯޓް:

·         ރާއްޖޭގައި ހިންގާ ތައުލީމުދޭ މަރުކަޒަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯހެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓްގެ  ކޮޕީގައި އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގެ ކޯހެއްނަމަ މޯލްޑިވްސް ކޮލޮފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު ނުވަތަ އެކޯހެއް ޤަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

·         ވަޒިފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެނގޭނެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ޝޯޓް ލިސްޓްވާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅި ލިޔުންތަކުގެ އަސްލު އޮތޯރިޓީއަށް ގެންނަންވާނެއެވެ.

·         ތަޖްރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަޤާމުގެ ނަން، މަޤާމުގެ މުއްދަތު، ވަޒިފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮއާއި އޮފީހުގެ ތައްގަނޑު އޮންނަންވާނެއެވެ. އަދި އަމިއްލަ ކުންފުންޏެއްނަމަ މި މަޢުލޫމާތުގެ އިތުރުން ތަނުގެ މުވައްޒަފުންގެ އަދަދު ހިމަނަންވާނެއެވެ.

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

·         މަޤާމަށް މީހަކު ނެގުމަށް ޕޮއިންޓް ދިނުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތެއްގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.

-          ތަޢުލީމާއި ތަމްރީން: 40%

-          މަސައްކަތު ތަޖުރިބާ: 12%

-          ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): 48% 

·         މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ބެލެވޭނީ، ލިބިފައިވާ ތައުލީމާއި، ތަޖުރިބާ އަދި ހުނަރު މި 3 ބައި އެއްކޮށްލުމުން 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ޖުމްލަ މާރކްސް ލިބިފައިވުމާއިއެކު 'ހުނަރު' މިބަޔަށް ކަނޑައަޅާފައިވާ ޕޮއިންޓުގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ލިބުމުންނެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

·         މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން ވަޒިފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައްމި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވާ ފަރާތްތަކުން [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އަދި އީ-މެއިލް އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.

·         އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުގެން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

·         ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މިއޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

·         މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.

·         ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި، މައުލޫމާތު ސައްޙަނޫން ފޯމުތައް ބާތިލުކުރެވޭނެއެވެ.

·         އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3013100 ފޯނަށް ގުޅުއްވުން އެދެމެވެ.

 

 

16 ސެޕްޓެންބަރު 2019