ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)374-C/374/2019/75
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:20
ސުންގަޑި: 01 އޮކްޓޫބަރު 2019 10:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާއިން ދޭ މަޢްލޫމާތާއި އެއްގޮތަށް 5000 (ފަސްހާސް) ޖިއޯބޭގްސް ގަންނަން ބޭނުންވެއްޖެ

އިޢްލާން

 

 

 

މި އިދާރާއިން ދޭ މަޢްލޫމާތާއި އެއްގޮތަށް 5000 (ފަސްހާސް) ޖިއޯބޭގްސް ގަންނަން ބޭނުންވެއްޖެއެވެ.

ޖިއޯބޭގްސް އާއި ބެހޭ ތަފުސީލު، މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ފޭސްބުކް ޕޭޖުންނާއި، ވެބްސައިޓުން ލިބެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2019 ސެޕްޓެންބަރު 16 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑިގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ. 

ވީމާ، މި ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ވާނަމަ 2019 އޮކްޓޯބަރ 01 ވަނަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓުން www.fncl.gov.mv ޑައުންލޯޑު ކުރެއްވޭނެއެވެ.

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢްލާން ކުރީމެވެ.

14  މުޙައްރަމް  1441

15 ސެޕްޓެންބަރު 2019

15 ސެޕްޓެންބަރު 2019