ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)396-A/2019/33
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 10:01
ސުންގަޑި: 26 ސެޕްޓެންބަރު 2019 13:30
ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޝަތު

 

މަޤާމް:

މަސައްކަތު

މަޤާމް ނަންބަރު:   

J-308935

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ސެކްޝަން:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސްޕަލް ސަރވިސް

މަސައްކަތްކުރަން ޖެހޭ ތަން

ހައްދުންމަތީ ދަނބިދޫ މަސްޖިދުލް އީމާން މިސްކިތުގައި

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ

މުސާރަ:

-/ 3100 ރުފިޔާ (ހތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ (އެއްހާސް ރުފިޔާ)

ސަޕޯޓިންގ ކޯ އެލަވަންސް:

-/1200 ރުފިޔާ (ބާރަސަތޭކަ ރުފިޔާ)

އެހެނިހެން އެލަވަންސް:

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންސްޓްރިބިއުޝަން
  3. ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފާއިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ކަނޑައަޅާ ތާވަލާއި އެއްގޮތަށް ކަނޑަ އަޅާމިސްކިތެއްގައި އިމާމު/މުދިމު އަންގާ ގޮތެއްގެ މަތިން މިސްކިތް ފޮޅާ ސާފުކުރުމު މަސައްކަތް ކުރުން.
  2. މިސްކިތުގެ ކުޑަދޮރުތަކާއި ބޮޑު ދޮރުތައް އަދި  ފެންލައިޓްތައް ފުހެ ސާފުކުރުން.
  3. ކޮންމެ ދުވަހަކު މިސްކިތުގެ ތެރެއާއި ފެންޑާ ހަޑިވިޔަނުދީ ކުނިކަހާ ފޮޅާ ސާފުކޮށް މޮޕް އެޅުން.
  4. މިސްކިތުގެ ވަޅު މަހަކު އެއްފަހަރު ދިޔަ ހިއްކާ ސާފުކުރުން.
  5. ކޮންމެ ނަމާދު ވަގުތެއްގެ ކުރިން މިސްކިތުގެ އިސްކުރުބަރިޔާއި  ފާޚާނާއާއި ވަޅުދޮށު ތަޅުން ސާފުކުރުން.އަދި  ޖަމާޢަތުގެ ނަމާދު ނިމުމުން މިސްކިތުގެ އިސްކުރު ބަރިއާއި ފާޚާނާއާއި ވަޅުދޮށު ތަޅުން ސާފުކުރުން.
  6. އެއަރކޯން ލެވިފައިވާ  މިސްކިތެއްނަމަ އެއަރކޯންތައް ސާފްކޮށް ބެލެހެއްޓުން.
  7. މިސްކިތުގެ ގޯތި ތެރެއާއި މިސްކިތުގެ ވަށާއިގެންވާ މަގުތައް ވިނަނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  8. މިސްކިތުގެ ފަންކާތައް ހިރަފުސް އެރިޔަނުދީ ހަފްތާއަކު އެއްފަހަރު ސާފުކުރުން.
  9. މިސްކިތުގެ ފުރާޅާއި ދިޔަދޮވި ރަނގަޅާށް ރަގަޅަށް ސާފުކޮށް ބެލެހެއްޓުން.
  10. މިސްކިތުގައި ބެހެއްޓިފައި މުސްޙަފްތަކާއި ފޮތް ހަރުގަނޑުތައް ފުހެ ސާފުކުރުން.
  11. މިސްކިތުގެ ހިފާގެންގުޅޭ ސާމާނު ރައްކާތެރިކަމާއި އެކު ބެލެހެއްޓުން.
  12. މިސްކިތުގައި އިންތިޒާމުކުރާ ދީނީ ނަޞޭޙަތް ދިނުންފަދަ ކަންކަމުގައި ކުރަންޖެހޭ ކަންކަން ކުރުން.
  13. ފަރުޟު ފަސްނަމާދުގެއިތުރަށް މިސްކިތުގައި ޖަމާ ޢަތުގައި ކުރެވޭ ނަމާދުތައް ކުރުމަށް މިސްކިތްތައްޔާރު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  14. ކައުންސިލުން ހަމަޖައްސާފަ އޮންނަ އިންތިޒާމެއްގެ ދަށުން މިސްކިތުން ނެގޭ ކުނި އުކާލުން.
  15. މިސްކިތުގެ ގޯތިތެރޭގައި ގަސް އިންދުމަށް ޚާއްޞަ ކުރެވިފައިވާ ބައިގައި ގަސްއިންދާ ފެންދީ ބެލެހެއްޓުން.
  16. މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ކުރުން.
  17. ކައުންސިލްގެ އިދާރާއިން އިސްނަގައިގެން ހިންގާ އިތުރު ހަތަކާތްތަކުގައި ބައިވެރިވުމާއި ،މުނާސަބަތު ތައް ފާހަގަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އިޖުތިމާޢީ ގޮތުން ކުރެވޭ ކަންކަމުގައި ބައިވެރިވެ އެހީތެރިވުން.
  18. މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ މިނޫން މަސައްކަތްތަކާއި އަދާކުރަންޖެހޭ އެހެނިހެން ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް އަދާ ކުރުމާއި ޖަވާބުދާރީވުން.

މަޤާމުގެ ޝަރުތުތައް: 

 ލިޔަންކިޔަން އެގޭކަން ދެނެގަންނާނީ، ދަށްވެގެން ސްކޫލް ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-      ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ފޯމު މިއިދާރާގެ ކައުންޓަރުންނާއި، ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން (www.csc.gov.mv) ލިބެން ހުންނާނެއެވެ.

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ނަމާއި، އެޑްރެސް، ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް ފަދަ މުޙިއްމު މަޢުލޫމާތު ހިމެނޭގޮތަށް(

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. )ލިޔެފައިވާ ލިޔުންތައް

ކިޔަން އެނގޭ ފަދަ ކޮޕީއެއް(

4-      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު، އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރު މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ،

(ހ) ދައުލަތުގެ މުވައްސަސާއެއް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް، އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް:

 

 

 

ދާއިރާ

 

ބެލޭނެ ބައިތައް

 

މާކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމް

25

21

 

26

މަޤާމުގެ މަސައްކަތުގެ ދައިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

30

26

10

ލިބިފައިވާ ހުނަރު

އިންޓަރވިއު /  ޕްރެކްޓިކަލްސް

100

48

48

ޖުމްލަ

185

100

100

 

  • މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %35 (ތިރީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

އެޕްލިކޭޝަން ފޯމް ހުށަހަޅާނީ،  26 ސެޕްޓެންބަރު 2019 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ދަނބިދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދު ވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. ( މިފަދަ ލިޔުންތައް ކައުންސިލްގެ އިދާރާއަށް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ.) އަދި އިޢުލާންނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ،  01 އޮކްޓޫބަރު 2019 އިން 6 އޮކްޓޫބަރު 2019 އާއި ދެމެދު ލ.ދަނބިދޫ ކައުންސިލްގެ އިދާރާގައެވެ. ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ޙާޟިރުވާއިރު ގެންނަން ވާނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފާއިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 6800724 ނަންބަރު ފޯނާއެވެ.

 

                           17 މުޙައްރަމް 1441

                         16  ސެޕްޓެންބަރު  2019  

16 ސެޕްޓެންބަރު 2019