ކުއްޔަށް ދިނުން
ނަންބަރު: (IUL)352-S.B.1/352/2019/11
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 22 ސެޕްޓެންބަރު 2019 13:30
އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.ދަނގެތީ ވޭސްޓްމެނޭޖްމަންޓް ސެންޓަރގެ އިރުންއޮތް ހުސްބިމުން ގުދަން ހަދަން ކުއްޔަށް ދޫކުރާ ބިން އިތުރު ކުރުން:

        މި ކައުންސިލް އިދާރާއިގެ ނަންބަރު: (IUL)352-S.B.1/352/2019/9  (09-09-2019) އިޢުލާން އިން ގުދަން ހެދުމަށް ކުލީބިމުގެ ގޮތުގައި 08 ބިން ކުއްޔަށް ދޫކުރުމަށް ނިންމާ، އިޢުލާން ޢާއްމު ކުރިއިރު ގުދަން ހެދުމަށް ކުއްޔަށް ދޫކުރާ 08 ބިމަކީ، މިފަދަ ބިންފުރިފަ އޮތް ރަށަކުން އެ ބޭނުމަށް ދޫކުރަން އެންމެ އެކަށީގެންވާ ވަރަށްވުރެ ބޮޑުކޮށް ކަނޑައެޅުނު ބިންތަކެއްކަން ވަނީ ފާހަގަ ކުރެވިފައެވެ. މިގޮތައް ފާހަގަކުރެވުނީ، އެތަނުން ބިން ބޭނުންވެގެން އެދޭ މީހުންގެ ޢަދަދު އިތުރު ވަމުން ދިއުމާއެކު، އެކަމަށް ދޫކުރާނެ އިތުރު ބިން ނެތުމުންނެވެ.  ވުމާއެކު ވީހާގިނަ ފަރާތް ތަކަކަށް ފުރުޞަތު ދިނުމައް ބޭނުންވާތީ، އެ އިޢުލާން ބާޠިލް ކޮށްފީމެވެ.

        އދ.ދަނގެތީ ވޭސްޓްމެނޭޖްމަންޓް ސެންޓަރގެ އިރުމަތީ ފަރާތު ( ކުނިގޮނޑު ހުރި ސަރަޙައްދުގެ )  ދެކުނުގައި، ހުސްކޮށްއޮތް  ބިމުގައި ފައިބަރ ގްލާސް ބޭނުން ކޮށްގެންނާއި، ލަކުޑިން އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުމަށް ހަރުގެ އެޅުމަށް 02 ބިމަކާއި،  އަދި ތަކެތި ރައްކައު ކުރުމަށް ގުދަން ހެދުމަށް 16 ބިމާއެކު ޖުމްލަ 18 ބިން ވަކިވަކި ބިމުގެ ގޮތުގައި ކުއްޔަށް ހިފަން ބޭނުންވެ ލަށްވާ ފަރާތްތަކަށް އެފުރުޞަތު އަލުން ހުޅުވާލާފީމެވެ.

        ވީމާ، މިކައުންސިލް އިދާރައިގެ ނަންބަރު: (IUL)352-S.B.1/352/2019/9  (09-09-2019) އިޢުލާން އާއި ގުޅިގެން ބިޑް ޑޮކިއުމަންޓް ގަނެފައިވާ ފަރާތްތަކުން މި އިޢުލާން އާއި ގުޅިގެން  އިތުރު ބިޑް ޑޮކިއުމަންޓެއް ގަންނާކަށް ނުޖެހޭނެއެވެ. އެހެން ނަމަވެސް ކުރިން ގަނެފައިވާ ބިޑް ޑޮކިއުމަންޓް މި އިދާރާއަށް ގެނެސް ފަހުގެ ޑޮކިއުމަންޓް އަށް ބަދަލް ކުރުމަކީ، އެފަރާތެއްގެ ޒިންމާއެކެވެ.  ވުމާއެކު، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 2019 ސެޕްޓެމްބަރު 15 އިން 2019 ސެޕްޓެމްބަރު 22 ގެ ނިއަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން 13:30ށް އދ.ދަނގެތި  ކައުންސިލްގެ އިދާރާ ގައެވެ. ބިޑް ޑޮކިއުމަންޓެއްގެ އަގަކީ ހަރުގެ އަޅާބިމަކަށް 300.00ރ ( ތިންސަތޭކަ ރުފިޔާ) އެވެ. އަދި ގުދަން އަޅާ ބިމަކަށް 100.00ރ ( އެއްސަތޭކަ ރުފިޔާ ) އެވެ. ބިޑް ހުށަހަޅަންވާނީ، ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރާއި، ބިޑްކުރަނީ ހަރުގެއެއްނަމަ ހަރުގެއެއްކަން ނުވަތަ ގުދަނެއްނަމަ ގުދަނެއްކަން އެނގޭގޮތައް ސިޓީއުރައިގެ ބޭރުގައި ލިޔެފަ އޮންނަން ވާނެއެވެ.  ބިޑް ހުޅުވުން އޮންނާނީ،  2019 ސެޕްޓެމްބަރ 29 ވާ އާދިއްތަ ދުވަހު 13:00 ގައި އދ.ދަނގެތި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ.

        މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވެ ލައްވާނަމަ، އދ.ދަނގެތި ކައުންސިލް އިދާރާގެ ނަންބަރު 6680888 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

15 ސެޕްޓެންބަރު 2019