ދިވެހިރާއްޖެ
އިޢުލާން
ޑިޕްލޮމާ އިން ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ހިންގުމާއިގުޅޭ
ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި ކުންފުނިތަކުގައި މަސައްކަތްކުރައްވާ މުވައްޒިފުން، އަދި ޝައުގުވެރިކަންހުރި ޢާންމުފަރާތްތަކަށް އަމާޒުކޮށްގެން އދ. އަތޮޅު ކައުންސިލާއި ވިލާކޮލެޖު ގުޅިގެން ދިވެހިބަހާއި އިނގިރޭސިބަހުން ޕްރީ ޔުނިވާސިޓީ ޕްރޮގްރާމަކާއި ޑިޕްލޮމާ އިން ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް، 29 ސެޕްޓެމްބަރ 2019 ގައި ފެށުމަށްވަނީ ހަމަޖެހިފައެވެ.
ޕްރޮގްރާމާއި ގުޅޭ މަޢުލޫމާތު
ނަން: ޕްރީ ޔުނިވަރސިޓީ ޕްރޮގްރާމް |
މުއްދަތު: 3 މަސް |
މޯޑް: ބްލެންޑެޑް މޯޑް |
ކޮލެޖުގެ ފީ: -/2500 ރުފިޔާ |
ކައުންސިލްގެ އެދުމަށް ފީއަށް ގެނައިބަދަލު: |
-/1500 ރުފިޔާ (4 މަހަށް) |
ޝަރުތު: * ގްރޭޑް 10 ނިންމާ، ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު އުމުރުން 20 އަހަރު ފުރިފައިވުން |
ނަން: ޑިޕްލޮމާ އިން ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް |
މުއްދަތު: 12 މަސް |
މޯޑް: ބްލެންޑެޑް މޯޑް |
|
ކޮލެޖުގެ ފީ: މަހަކު -/2999 ރުފިޔާ |
ކައުންސިލްގެ އެދުމަށް ކޯހުގެ ފީއަށް ގެނައިބަދަލު: މަހަކު -/1900 ރުފިޔާ |
ކޯހުގެ ލެވެލް:MQA level 5 |
|
ޝަރުތު: * ޕްރީ ޔުނިވަރސިޓީ ޕްރޮގްރާމް ނިންމާފައިވުން، ނުވަތަ * ކޯހާއި ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން، ނުވަތަ * ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިހާނުގެ 2 މާއްދާއިން ފާސްވެފައިވުން |
|||
- ފޯމް ބަލައިގަތުން: 15 ސެޕްޓެމްބަރ 2019 އިން 25 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް ވިލާ ކޮލެޖް މަހިބަދޫ ކެމްޕަސްއިން
- ފޯމް ލިބެންހުންނާނީ: ވިލާ ކޮލެޖް މަހިބަދޫ ކެމްޕަސް/ އދ.އަތޮޅު ކައުންސިލްގެ އިދާރާ/ ނުވަތަ ވިލާ ކޮލެޖް ގެ ވެބްސައިޓް: www.villacollege.edu.mv
- ކޯހާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 9789363
15 ސެޕްޓެމްބަރ 2019
16 މުޙައްރަމް 1441
(ސޮއި)
ޢަލީ ނަޞީރު
އދ.އަތޮޅު ކައުންސިލްގެ ރައީސް