ދިވެހިރާއްޖެ
އިޢުލާން
ހއ. އަތޮޅު ހޮސްޕިޓަލުގެ ޢިމާރާތުގެ ފުރާޅު ޓިނު ބަދަލުކުރުމާބެހޭ
ހއ. އަތޮޅު ހޮސްޕިޓަލުންދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ހޮސްޕިޓަލުގެ ބައު ޢިމާރާތުގެ ފުރާޅުގެ ޓިނު
ބަދަލު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިހޮސްޕިޓަލުގެ ނަމްބަރ: HAAH-A(IUL)/2019/12 (22 އޮގަސްޓް 2019) އިޢުލާނަށް 3 ފަރާތުން
އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީވެ، އެ ޢިއުލާން ބާޠިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރެއްވުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން، 17 ސެޕްޓެމަބަރ 2019 ވާ
އަންގާރަ ދުވަހުގެ 13:00 އަށް ހއ.އަތޮޅު ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 23ސެޕްޓެމްބަރ 2019ވާ ހޯމަ
ދުވަހުގެ 13:00 އަށް ހއ. އަތޮޅު ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މި މަސައްކަތް ކުރުމަށްޓަކައި މަޢުލޫމާތު ސާފު ކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަދި ގަޑި ޖެހުމަށް
ފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.