ޢާންމު މަޢުލޫމާތު
ނަންބަރު: IUL/358/358/2019/4
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 15 އޮކްޓޫބަރު 2019 12:00
ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވ.ތިނަދޫ އިން ގޯތި ދޫކުރުން

އިޢްލާން

 

                   ވ.ތިނަދޫއިން  ދިރިއުޅުމަށްޓަކާ ބަންޑާރަ ގޯތި ދޫކުރުން:

 

          ވ.ތިނަދޫ އިން ދިރިއުޅުމަށްޓަކާ ބަންޑާރަ ގޯތި ދޫކުރުމުގެ ހުއްދަ މޯލްޑިވްސް ލޭންޑް ސާރވޭ އޮތޯރިޓީއިން ލިބުމާއި ތިނަދޫއިން ބަންޑާރަ ގޯތި ދޫކުރާ ގޮތައް ވަނީ ހަމަޖެހިފައެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައި ވަނީ 2000 އަކަފޫޓްގެ 30 ގޯއްޗެވެ. ގޯތި ދޯކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަކީ ތިނަދޫގެ ހުޅަނގު ފަރާތު މީހުން ދިރިނޫޅޭ ހިސާބު ވަލުތެރެއިން ގަބުރުސްތާން ކައިރިން ފެށިގެންނެވެ. އަދި  އެއީ ތިނަދޫ ގެ ލޭންޑް ޔޫސް ޕްލޭން ގައި ވާގޮތަށް ފުރަތަމަ ފިޔަވަހީ ގެ ދަށުން ބަންޑާރަ ގޯތި ދޫކުރުމަށް ހުއްދަ ލިބިފައި ވާ ސަރަހައްދެވެ.

            ވީމާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ދިރިއުޅުމަށްޓަކާ ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ފުރުއްވުމަށްފަހު 15 ސެޕްޓެމްބަރ 2019 އިން ފެށިގެން 15 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފެލިދެ އަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. ގޯއްޗަށް އެދޭ ފޯމު ދޫކުރުމާއި  ބަލައިގަތުން ހަމަޖެހިފައި ވަނީ ( 15 ސެޕްޓެމްބަރ 2019 އިން 15 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 12:00 އަށް) ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް މި ކައުންސިލް އިދާރާއިންނެވެ. އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6700604 ފޯނާއެވެ. މިހެންވެ މިކަން އާނމުކޮށް އަންގާ އިއުލާނު ކުރީމެވެ.

 

 

ގޯއްޗަށް އެދޭ މީހާގެ ހުންނަން ޖެހޭ ޝަރުތުތައް:

 ހ- ދިވެހިރައްޔިތެއް ކަމުގައި ވުން . ( އިސްކަން ދޭވޭނީ ވ.ތިނަދޫ ރައްތުންނަށެވެ)

 ށ- އުމުރުން 18 އަހަރުވެފައި ވުން .

 ނ- ބަންޑާރަ ގޯއްޗެއް އަދި އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން.

 ރ- އަމިއްލަ ނުވަތަ ބަނޑާރަ ގޯއްޗެއްގައި ވާ ނުއުފުލޭމުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑުބައެއް ލިބިފައި ނެތުން .ނުވަތަ ލިބިފައިވާ މިފަދަ ބައެއް މިގަވާއިދާއި އެއްގޮތް ވާ ގޮތުގެ މަތިން ދޫކޮށްލުން.

 ބ- ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން .އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ' މިތަން ދޫކޮއްލާ އަދި ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވުން .

 ޅ- އެއްމެދު އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަނަމުގައި އޮވެ  މިތަން ދޫކޮއްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވުން .

 ކ- ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ  އުފަން ދަރިންނާއި، އެމީހަކަށް ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުންގެ އަދަދާއި ގޯއްޗަށް އެދިފައި ވާ މީހާއާއި އެމީހާގެ ބެލުމުގެ ދަށުގައިވާ މީހުން ގެ ބިމުގެ ތަނަވަސްކަމާއި ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއް ލިބި، ނުވަތަ އޮވެ، އެގޯއްޗަކާއި މެދު އަމަލު ކޮއްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް، އަދި ގޯއްޗަށް އެދިފައިވަނީ ދެމަފިރިން ކަމުގައި ވާނަމަ ދެމަފިރިންނަށް 2 ގޯތި ނުނެގޭނެ ގޮތް ބަލާ، އެމީހަކީ ގޯއްޗަކަށް ބޭނުން ވެފައިވާ މީހެއްކަމަށް ކޮމެޓީއަށް ފެނުން .

                 ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި  އިޢްލާން ކުރީމެވެ.

     

                 13 މުޙައްރަމް   1441 ހ

                 12 ސެޕްޓެމްބަރ   2019 މ

12 ސެޕްޓެންބަރު 2019