ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ދިއްދޫ
ދިވެހިރާއްޖެ
ނަންބަރު: (IUL)225-AHRI/225/2019/15
އިޢުލާނު
އެކިދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އަދި މި ނޫނަސް ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ހއ.އަތޮޅުގެ ސްކޫލް/ މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަކާއި، އަދި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކާއި، ކްލަބު ޖަމުޢިއްޔާއެއް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމުގެ ނަމުގައި ހއ.އަތޮޅު ކައުންސިލުން 2019 ނޮވެންބަރ 23 ވަނަ ދުވަހު ދިނުމަށް ހަމަޖެހިފައިވާ ކަމަށް 19 މޭ 2019 ގައި ނަންބަރު: (IUL)225-AHRI/225/2019/11 ( 19 މޭ 2019 ) އިޢުލާންގެ މުއްދަތު 10 ސެޕްޓެންބަރު 2019 ވާ އަންގާރަ ދުވަހުން ފެށިގެން 24 ސެޕްޓެންބަރު 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރު ކުރެވިފައިވާތީ ދެންނެވީމެވެ.
ވީމާ، މި އިނާމަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ މި ދެންނެވި ފަރާތްތަކުން 10 ސެޕްޓެންބަރު 2019 ވާ އަންގާރަ ދުވަހުން ފެށިގެން 24 ސެޕްޓެންބަރު 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ފުރިހަމަކުރައްވައި މި އިދާރާއަށް ނަން ހުށަހެޅުއްވުން އެދެމެވެ. މި އިނާމާބެހޭ އިތުރު ތަފުޞީލްތައް މިކަމާބެހޭ ސިޔާސަތުން ސާފުވެވަޑައިގަންނަވާނެ ވާހަކަ ވެސް ދެންނެވީމެވެ.
"ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު 2019" ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:
- ޝަރަފުވެރިކަމުގެ އިނާމު
- ހިތްވަރުދިނުމުގެ އިނާމު
- ކައުންސިލުންދޭ ޚާއްޞަ އިނާމު
- މަތީދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދޭ ޚާއްޞަ އިނާމު
- ޚާއްޞަ ޚިދުމަތުގެ އިނާމު
- ހިންގުންތެރިކަމުގެ އިނާމު
13 މުޙައްރަމް 1441
12 ސެޕްޓެންބަރު 2019