ދިވެހިރާއްޖެ
އިޢުލާން
މަސްވެރިކަމާ ގުޅުންހުރި މަސައްކަތް ކުރުމަށް 05 ބިމެއް ކުއްޔަށް ދޫކުރުމާބެހޭ
މިރަށު މަހުގެ މަސައްކަތްތައް ކުރުމަށް ހާއްސަކުރެވިފައިވާ ސިނާއީ ސަރަހައްދުން މަސްވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް 40x40 ފޫޓުގެ 05 (ފަހެއް) ބިން ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކު އަކަފޫޓަކަށް 60/- ލާރި (ފަސްދޮޅަސް ލާރި) އަށްވުރެ ކުޑަނުވާ އަގަކަށެވެ.
ވީމާ، ބިން ކުއްޔަށް ހިފުމަށް އެދިލައްވާ ފަރާތްތަކުން 22 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 26 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.
13 މުހައްރަމް 1441
12 ސެޕްޓެމްބަރ 2019