މަސައްކަތް
ނަންބަރު: (IUL)415/415/2019/95
ޕަބްލިޝްކުރި ތާރީޚް: 12 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 09:19
ސުންގަޑި: 24 ސެޕްޓެންބަރު 2019 11:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ތިނަދޫގައި ޤާއިމް ކުރެވިފައިވާ ފުލެޓްތަކުގެ ނަންބޯޑު ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް:

އިޢުލާން

ގދ. ތިނަދޫގައި ޤާއިމް ކުރެވިފައިވާ ފުލެޓްތަކުގެ ނަންބޯޑު ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް:

ގދ. ތިނަދޫގައި މިހާރު ޤާއިމް ކުރެވިފައިވާ 120 ފުލެޓްގެ ނަންބޯޑުތައް މިއިދާރާއިންދޭ ނަމޫނާއަކާ އެއްގޮތަށް ތައްޔާރުކޮށް ހަރުކޮށްދޭނެ ފަރާތެއް މިއިދާރާއަށް ބޭނުންވެއެވެ. އަދި ކޮންމެ އިމާރާތެއްގެ އިރުމަތީ ފަރާތުގައި މިއިދާރާއިން ދައްކާ ނަމޫނާއަކާއި އެއްގޮތަށް އިމާރާތުގެ ނަންބަރު ޖެހުމަށްވެސް ބޭނުންވެއެވެ

 ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

17 ސެޕްޓެމްބަރ 2019

އަންގާރަ 

11:00 (ހެނދުނު)

ގދ. ތިނަދޫ ކައުންސިލްގެ އިދާރާ

އަންދާސީ ހިސާބު ހުށަހެޅުން

24 ސެޕްޓެމްބަރ 2019

އަންގާރަ    

11:00(ހެނދުނު)

ގދ. ތިނަދޫ ކައުންސިލްގެ އިދާރާ

                 

މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މަސައްކަތް ޙަވާލުކުރާނެ ފަރާތް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެވެ. 

12 ސެޕްޓެންބަރު 2019