ދިވެހިރާއްޖެ
މި ކައުންސިލްގެ ލާންޗްގެ ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)240-CA/240/2019/33 : ( 07 އޮގަސްޓް 2019 ) އިއުލާނާއި ގުޅިގެން އެއްވެސްފަރާތަކުން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާނު ކުރީމެވެ.
- ލާންޗްގެ ބޭރުގައި ޖެލްޖެހުމާއި، އަންޑަރކޯޑްލުމާއި، އިންޓަރޕޯލިންލުން.
- ލާންޗުގެ ބޭރު ޕޮލިސްކުރުން.
- އެނޯޑް ހަރުކުރުން.
- މިހާރު ލާންޗްގައި ހަރުކުރެވިފައިވާ ސެޓް ރަނގަޅުކުރުން.
- ލާންޗްގެ ދެފަރާތުގެ ސަތަރީގެ ޓިބުލި ބަންގިލޫޕަށް ބަދަލުކުރުން.
- ލާންޗުގެ ހުންގަނު ކޭބަލް ބެއްދުމަށް މިހާރު ކަނޑާފައިވާ ބާ ބައްދާ އިތުރު ބަލެއްކަނޑާ ކޭބަލް ވެއްދުން.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 19 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ސެޕްޓެމްބަރ 26 ވަނަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެންދެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.