ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)94-H/94/2019/14
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1518
ސުންގަޑި: 22 ސެޕްޓެންބަރު 2019 1400
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ސަޕޯރޓް ސަރވިސް އެސިސްޓަންޓް

މި އިޢުލާންވަނީ 2019-10-13 15:08:27 ގައި ބާތިލް ކުރެވިފައެވެ.


މަޤާމު:

ސަޕޯރޓް ސަރވިސް އެސިސްޓަންޓް

މަޤާމު ނަންބަރު:

J310578

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ސީ.އެސް 1-1

މަޤާމުގެ ކްލެސިފިކޭޝަން:

އޮފީސް ކްލީނަރސް އެންޑް ހެލްޕަރސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް އިމިގްރޭޝަން ، ކ.މާލެ

ސެކްޝަން:

އެޑްމިނިސްޓްރޭޓިވް ސެކްޝަން

މުސާރަ:

-/6850

ސަރވިސް އެލަވަންސް:

-/35 (ހާޒިރުވާ ކޮންމެ ދުވަހަކަށް)

އިތުރު އިނާޔަތްތައް:

 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 1. އޮފީސް ފޮޅާ ސާފުކުރުމާއި، ކުނިކެހުން، ފެންފޮތިލުން އަދި ވެކިއުމް ކުރުން.
 2. ފާޙާނާތަށް ދޮވެ ސާފުކުރުމާއި އަދި ފާޙާނާއަށް ބޭނުންވާ ތަކެތި ހަމައަށް ހުރިތޯ ޗެކް ކުރުމާއި އެތަކެތި ހަމަކޮށް ފާހާނާތައް ސާފުތާރިކޮށް ބެލެހެއްޓުން.
 3. އެކި އެކި މަރާމާތްތަކާއި ސަރވިސްކުރުމުގެ މަސައްކަތްތައް ކުރުން.
 4. ކަރަންޓުގެ މަރާމާތު މަސައްކަތްތައް ކުރުވުން
 5. އެކިފަރާތްތަކަށް ރައްދުކުރުމަށް ހަވާލުކުރެވޭ ލިއެކިޔުންތަކާއި އެހެނިހެން ތަކެތި ރައްދުކުރަންޖެހޭ ފަރާތްތަކަށް އަމާނާތްތެރިކަމާއިއެކު ރައްދުކޮށްދިނުން.
 6. ސްޓޮކް ހަމަކުރަންޖެހޭ ތަންތަނަށް (ފާހާނާ، ޕޭންޓްރީ ) ތަކެތި ހަމަކޮށް ބެހެއްޓުން.
 7. އިމާރާތާއި އިމާރާތްތަކުގައިވާ ތަކެތި، ބެލެހެއްޓުން.
 8. އޮފީހުގެ ހާއްސަ މަސައްކަތްތަކުގައި ބޭނުންވާ އިންތިޒާމްތައް ވެރިންގެ އިރުޝާދުގެ ދަށުން ހަމަޖެއްސުން.
 9. ތަމްރީންތަކުގައްޔާއި ޖަލްސާ އަދި ބައްދަލުވުންތަކަށް ކެއިން ބުއިމުގެ އިންތިޒާމްތައް ހަމަޖައްސާ ބެލެހެއްޓުން.
 10. އޮފީހުން ކުރިއަށްގެންދާ ހާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

 

 

މަޤާމުގެ ޝަރުޠުތައް:

 1. ލިޔަންކިޔަން ދަތުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 5 (ފަހެއް) އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 2. ގްރޭޑް 7ގެ ތަޢުލީމު ފުރިހަމަ ކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 2 (ދޭއް) އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 3. ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަ ކޮށްފައިފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް އެޕްލިކޭޝަން ފޯމު (މި ފޯމު އިމިގްރޭޝަންގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް  ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
 3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މައްސޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،  ވަޒީފާ އަދާކުރި  މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން

(ހ) ވަޒީފާ އަދާކޮށް އުޅުމުގެ ޖިސްމާނީ، ނަފްސާނީ އަދި ސިއްޚީ ޤާބިލްކަން ލިބިފައިވުން.

(ށ) ޖިސްމާނީ ގޮތުން މަޤާމުގެ މަސްޢޫލިއްޔަތާއި ޒިންމާ (ސިޓީފަދަ ލިޔެކިޔުން ބެހުމާއި، ބަރުތަކެތި އުފުލޭ) އުފުލޭނޭ މީހެއްކަމުގައިވުން.

(ނ) އަދަބު އިޙްތިރާމާއިއެކު މުޢާމަލާތްކުރަން ދަންނަ މީހެއްކަމުގައިވުން.

(ރ) ހަވާލުކުރާ މަސައްކަތެއް އަމިއްލަ ވިސްނުމުގައި ސުޕަވައިޒަރުގެ އިތުރު އެހީއާއިނުލާ ކުރުމުގެ ޤާބިލްކަން ލިބިފައިވުން.

(ބ) އިމާރާތްތަކުގައިވާ ތަކެއްޗާއި، އިމާރާތް ބެލެހެއްޓުމުގެ ގާބިލްކަން ލިބިފައިވުން.

މަޤާމަށް އެދެންވީގޮތާއި  ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ       22 ސެޕްޓެމްބަރ 2019 ގެ 1400 ގެ ކުރިން މޯލްޑިވްސް އިމިގްރޭޝަނަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 3320011 މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައެޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 25 – 26 ސެޕްޓެމްބަރ 2019 އާއި ދެމެދު، މޯލްޑިވްސް އިމިގްރޭޝަން (ހ. ވެލާނާގެ 1 ވަނަ ފަންގިފިލާ) ގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ނޯޓު:        މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުރުމަށް ގުޅާނީ ފޯނު 3330410، 3330411 އަށެވެ. އަދި ފެކްސް ކުރާނެ ނަންބަރަކީ، 3320011 އެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.

 

 

 

 

2019-09-11