ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)457-HR/1/2019/27
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 22 ސެޕްޓެންބަރު 2019 12:00
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ޑެޕިއުޓީ ސްޓެޓިސްޓީޝަން

އިޢުލާން

 

މި ބިއުރޯގެ ޑެޕިއުޓީ ސްޓެޓިސްޓީޝަންގެ މަޤާމަށް 05 އޮގަސްޓް 2019 ގައި ކުރި އިޢުލާން ނަންބަރު  -

 (IUL)457-HR/1/2019/20)    އަދި  27 އޮގަސްޓް 2019 ގައި ޢިއުލާންކުރި  (IUL)457-HR/1/2019/24)  އާއި ގުޅިގެން އްވެސް ފަރާތަކުން ކުރިމަތި ލާފާއި ނުވާތީ މިމަޤާމަށް އަލުން ކުރިމަތިލުމުގެ ފުރުސަތު ހުޅުމާލަމެވެ.

މަޤާމް:

ޑެޕިއުޓީ ސްޓެޓިސްޓީޝަން  

މަޤާމުގެ ނަންބަރު:

269547  J-

ބޭނުންވާ އަދަދު:

1 (އެކެއް)

ބޭނުންވާ މުއްދަތު:

ދާއިމީ

މަޤާމުގެ ރޭންކް:

އީއެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ސެކްޝަން:

ސްޓެޓިސްޓިކަލް ސަރވޭސް އެންޑް އެނަލިސިސް ސެކްޝަން

މަޤާމް އޮތް އޮފީސް:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް /މާލެ

މުސާރަ:

މަހަކު -/8835 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސް :

 މިމަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މިމަޤާމަށް ޓެކްނިކަލް ކޯ ދޭ ކޯ  ޑިސިޕްލިންތަކަކީ ސްޓެޓިސްޓިކްސް ނުވަތަ އިކޮނޮމިކްސް ނުވަތަ އެޕްލައިޑް މެތަމެޓިކްސް އެވެ.  ޓެކްނިކަލް  ކޯ އެލަވަންސް ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ.

އަދި ޓެކްނިކަލް ކޯ ނުލިބޭނަމަ މިމަޤާމަށް ކަނޑައެލިފައިވާ ސަޕޯޓިންގ ކޯ  އެލަވަންސް ގެ ގޮތުގައި-/1100 ރުފިޔާ  ލިބޭނެއެވެ.

އިތުރު ޢިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. މީގެ އިތުރުން އަސާސީ މުސާރައިގެ %35 (ސްޕެޝަލް ޑިއުޓީ ) އެލަވަންސްގެ ގޮތުގައި ލިބޭނެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްޓެޓިސްޓިކަލް ސަރވޭ   އެންޑް އެނަލިސިސް ސެކްޝަން ގެ މަސައްކަތް ތައް ސެކްޝަން ހެޑެއްގެ ހައިސިއްޔަތުން ޑިވިޜަންގެ އިސްވެރިއެއްގެ ލަފާފުޅާއެކު ކުރިއަށް ގެންދިއުމާއި އެމަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލުމާއި  ސެކްޝަންގެ މަސައްކަތައް ރާވާ ހިންގުން.
  2. ސްޓެޓިސްޓިކަލް ސަރވޭ   އެންޑް އެނަލިސިސް ސެކްޝަންއިން ކުރަންޖެހޭ ސަރވޭތަކުގެ މަސައްކަތް ރާވާ ހިންގުމާއި ޓްރޭނިންގ ދިނުމާއި ޑޭޓާ ކަލެކްޓްކުރުމާއި އަދި ޑޭޓާ އެޑިޓްކުރުމުގެ މަސައްކަތްކޮށް، ޑެޑްލައިނަށް ނިންމާ ނަތީޖާތައް އާއްމުކުރުން އަދި މިމަސައްކަތް ހިނގާދިޔަގޮތް ފުރިހަމައަށް ޑޮކިއުމަންޓް ކުރުމާއި، ތަޖްރިބާގެ އަލީގައި ދެންކުރެވޭ ސަރވޭތައް އިތުރަށް ތަރައްޤީކުރުން.
  3. ސްޓެޓިސްޓިކަލް ސަރވޭ   އެންޑް އެނަލިސިސް  ކުރާސަރވޭތަކަށް ބޭނުންވާ ބްލޮކް މެޕްތަކާއި،ސާމްޕަލް ފްރޭމްތައް އެކުލަވާލާ އަޕްޑޭޓްކޮށް މެނޭޖްކުރުން.
  4. ސަރވޭތަކުގެ ޑޭޓާ ޑިސެމިނޭޓްކުރުމާއި، އެޑްމިނިސްޓްރޭޓިވް، ޓެކްނިކަލް އަދި އެނަލިސިސް ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތްކުރުން އަދި ހޯދުންތަކުގެ މަޢުލޫމާތު ޑިސެމިނޭޓްކުރުން.
  5. ސްޓެޓިސްޓިކަލް ސަރވޭ   އެންޑް އެނަލިސިސް ފަރާތުން ކުރުމަށް ކަނޑައެޅޭ ސަރވޭތަކުގެ ސުވާލުކަރުދާސްތައް ތައްޔާރުކުރުމުގެ މަސައްކަތުގައި އިސްވެ ހަރަކާތްތެރިވުން.
  6. ސްޓެޓިސްޓިކްސް ޑިވިޝަނުގެ ފަރާތުން ރާވާހިންގާ ސޯޝިއޯ އިކޮނޮމިކް ސަރވޭތަކަށް ސާމްޕަލް ނެގުމުގެ މަސައްކަތުގައި އިސްވެ ހަރަކާތްތެރިވުން.
  7. ސަރުކާރުގެ އެހެން އޮފީސްތަކުން ކުރާ ސަރވޭތަކުގައި އެފަރާތްތަކަށް ބޭނުންވާ ޓެކްނިކަލް އެސިސްޓެންސް ފޯރުކޮށްދިން.
  8. ސަރުކާރުގެ އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން އެޕްރޫވަލަށް ހުށަހަޅާ ސަރވޭ ތަކުގެ ސާމްޕަލް ޑިޒައިން ބަލާ ކޮމެންޓްކުރުމާއި ސުވާލުކަރުދާސްތަކާއި ލިއުންތައް ދިރާސާކޮށް ސަރވޭ އެޕްރޫވަލް ފޯމް ޕްރޮސެސް ކުރުމުގެ މަސައްކަތުގައި އިސްވެ ހަރަކާތްތެރިވުން. އަދި މިސަރވޭތަކުގެ ރަޖިސްޓްރީއެއް ޤާއިމްކޮށް ބެލެހެއްޓުމާއި މިމަސައްކަތް ހަރުދަނާކުރުން.
  9. ތަފާސްހިސާބުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ސްޓެޓިސްޓިކްސް ޑިވިޜަނުން ހިންގުމަށް ކަނޑައެޅޭ ކޯސްތަކާއި ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ސަރވޭ އާއި ސާމްޕްލިންގ މޮޑިއުލްސްތައް ތައްޔާރުކުރުމާއި ކިޔަވައިދިނުން.
  10. ސަރުކާރުގެ އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން ހުއްދަ ނަގައިގެން ކުރާ ތަފާސްހިސާބުގެ ސަރވޭތަކުގެ ދިރާސާ ރިޕޯޓްތައް ހޯދާ ފަސޭހައިން ރިފަރެންސް ހެދޭ ފަދަ ގޮތަކަށް އޯގަނައިޒްކޮށް ބެލެހެއްޓުން.
  11. ސަރވޭގެ ދާއިރާގެ ޔޫ.އެން ރިކޮމެންޑޭޝަންތަކާއި މެނުއަލްތަކުގައިވާ މަޢުލޫމާތު ދެނެގަނެ،މިދާއިރާގެ ޓެކްނިކަލް ނޮލެޖް މުއްސަނދިކޮށް މަސައްކަތުގެ ފެންވަރު މަތިކުރުން. އަދި ސަރވޭގެ ޑޭޓާ ކަލެކްޝަން ޒަމާނާއި އެއްގޮތަށް މޮޑަނައިޒްކޮށް ތަރައްޤީކުރުން.
  12. ސްޓެޓިސްޓިކަލް ސަރވޭ   އެންޑް އެނަލިސިސް ފަރާތުން ކުރުމަށް ކަނޑައެޅޭ ސަރވޭތަކުގެ މައުލޫމާތު ފޯމްތައް ކޯޑްކުރުމުގެ މަސައްކަތުގައި އިސްވެ ހަރަކާތްތެރިވުން.

 

މަޤާމުގެ ޝަރުޠުތައް:

1.ސްޓެޓިސްޓިކްސް ނުވަތަ އިކޮނޮމިކްސް ނުވަތަ އެޕްލައިޑް މެތަމެޓިކްސް އިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7  ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާ ) ސްޓެޓިސްޓިކްސް ނުވަތަ އިކޮނޮމިކްސް ނުވަތަ އެޕްލައިޑް މެތަމެޓިކްސް) ގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.                                                                    ނުވަތަ

2.ސްޓެޓިސްޓިކްސް ނުވަތަ އިކޮނޮމިކްސް ނުވަތަ އެޕްލައިޑް މެތަމެޓިކްސް އިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާ  ) ސްޓެޓިސްޓިކްސް ނުވަތަ އިކޮނޮމިކްސް ނުވަތަ އެޕްލައިޑް މެތަމެޓިކްސް)ގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.                                                                    

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ވަޒީފާގެ ދާއިރާގެ މަސައްކަތުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު
  • މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ގާބިލްކަން ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ބިއުރޯގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި ބިއުރޯގެ ( ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް)  ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ http://www.statisticsmaldives.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22  ސެޕްޓެމްބަރ 2019  ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ބިއުރޯގެ ކައުންޓަރުން ( ވަގުފް ބިލްޑިންގް 9 ވަނަ ފަންގިފިލާ) އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާން ކުރުން އޮންނާނީ،  އިއުލާނަށް މުއްދަތު ހަމަވާތާ ދެހަފްތާ ތެރޭގައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މިމުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

  • ތައުލީމަށް ލިބުނު މާކްސްގެ އިންސައްތަ %20
  • ތަމްރީނަށް ލިބުނު މާކްސްގެ އިންސިއްތަ % 5
  • ވަޒީފާއާއި ގުޅޭ މަސައްކަތުގެ ތަޖުރިބާއަށް ލިބުނު މާކުސްގެ އިންސައްތަ %25
  • އިމްތިހާން/ޕްރެކްޓިކަލްސް އަށް ލިބުނު މާކްސްގެ އިންސައްތަ  %20
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަނަން އަށް ލިބުނު މާކްސްގެ އިންސައްތަ %30

 

ނޯޓް: މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %55 (ފަންސާސްފަހެއް) އިންސަތަ އަށްވުރެން މަތިވާން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3008407 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

12  މުޙައްރަމް  1441 ހ

11 ސެޕްޓެމްބަރ 2019 މ

11 ސެޕްޓެންބަރު 2019