ދިވެހިރާއްޖެ
އިޢުލާން
ތ.ބުރުނިން ގޯއްޗަށް އެދިލެއްވި ފަރާތްތަކަށް ޕޮއިންޓް ދެވުނު ގޮތުގެ ލިސްޓު އާއްމުކޮށް ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލުން
2019 ވަނަ އަހަރު ބުރުނިން 51 ގޯތި ދޫކުރުމަށް ކުރި އިޢުލާނާ ގުޅިގެން ފޯމް ހުށަހަޅާފައިވާ 74 ފަރާތައް ޕޮއިންޓް ދެވިފައިވާ ގޮތުގެ ލިސްޓް ޢާއްމުކޮށް އިޢުލާން ކުރީމެވެ.
ވީމާ، ޕޮއިންޓް ލިބިފައިވާގޮތާމެދު ޝަކުވާ ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 22 ސެޕްޓެންބަރު 2019 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާން ކުރެވޭނީ ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން މިލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ އެއުނިއިތުރެއް ގެނައުމަށްފަހުގައެވެ.
ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލްގެ ގޯތި ލިބޭ ގޮތް މިސުރުހީގެ 4 ވަނަ ޕޮއިންޓްގައިވާ ގޮތުގެ މަތިން ދެމަފިރިއަކަށް ދެގޯތި ނުލިބޭނެ އުޞޫލުންކަމުގައިވީ ނަމަވެސް މިލިސްޓްގައި ދެމަފިރިން ހުށަހަޅާފައިވާ ފޯމްތަކަށްވެސް މާކްސްދެވިފައިވާނެއެވެ. ނަމަވެސް ގޯތި ދޫކުރުމުގެ ކުރިން ގޯތި ލިބޭ ފަރާތް ކަނޑައަޅަންޖެހޭތީ ދެމަފިރިންގެ ތެރެއިން ގޯތި ބޭނުންވާ ފަރާތެއް އިހްތިޔާރުކޮށް ގޮތެއް ނިންމަވައި 22 ސެޕްޓެންބަރު 2019 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމުއްދަތުގެ ތެރޭގައި އެގޮތަށް ކަނޑަނޭޅިއްޖެނަމަ ދެމަފިރިންގެ ތެރެއިން ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ދެފަރާތުގެ މެދުގައި ގުރުއަތުލައިގެންނެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
12 މުޙައްރަމް 1441
11 ސެޕްޓެންބަރު 2019