މަސައްކަތް
ނަންބަރު: (IUL)ADAH-AH/INDIV/2019/26
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 17:55
ސުންގަޑި: 12 ސެޕްޓެންބަރު 2019 13:30
އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އދ.މާމިގިލި ޞިއްޙީމަރުކަޒުގައި އެމަރޖެންސީ ފަރުވާދޭ ބައެއްހެދުމަށް ކުރަންހުރި މަސައްކަތްތައްކުރުން

އދ.މާމިގިލި ޞިއްޙީމަރުކަޒުގައި އެމަރޖެންސީ ފަރުވާދޭ ބައެއްހެދުމަށް ކުރަންހުރި މަސައްކަތްތައްކުރާނެ ފަރާތެއް ހޯދުމަށްކުރި ދެވަނަ (ނަމްބަރު: (IUL)ADAH-AH/INDIV/2019/18) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީ މި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 11 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުން ފެށިގެން 12 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހާ ހަމައަށް، ކޮންމެދުވަހެއްގެ ހެނދުނު 08:30 އިން 13:30 އާއި ދޭތެރޭ އދ.މާމިގިލި ޞިއްޙީމަރުކަޒަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 15 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހު ހެނދުނު 09:30 ގައި ޕްރީބިޑް ސެޝަންއެއް އދ. މާމިގިލީ ޞިއްޙީމަރުކަޒާއި މިނިސްޓްރީ އޮފް ހެލްތުގައި އޮންނާނެއެވެ.  

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 18 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި އދ.މާމިގިލި ޞިއްޚީމަރުކަޒާއި މިނިސްޓްރީ އޮފް ހެލްތު ގައެވެ.

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 15 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހު ހެނދުނު 09:00 ގެ ކުރިން [email protected] އަށް ނުވަތަ [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

10 ސެޕްޓެންބަރު 2019