ދިވެހިރާއްޖެ
ސާކް އާޓިސްޓް ކޭމްޕް އެންޑް އެގްޒިބިޝަންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކުގެ ކެއުމާއި ހުރުމުގެ ކަންތައްތައް ހަމަޖައްސާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިސެންޓަރުގެ ނަންބަރު(IUL)177/1/2019/59 އިޢުލާން އަށް އެކަށީގެންވާވަރަށް ތަރުހީބު ލިބިފައިވާ ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
އެގޮތުން އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ފަރާތުން ސާކް ގައުމުތަކުގެ މެދުގައި ބާއްވަމުންގެންދާ "ސާކް އާޓިސްޓް ކޭމްޕް" މިހިނގާ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 22 ން 27 ށް ދިވެހިރާއްޖޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާޓިސްޓް ކޭމްޕްގައި ބައިވެރިވެލައްވާ ފަރާތްތަކުގެ ކެއުމާއި ހުރުމުގެ ކަންތައް މިސެންޓަރ އިން ދެއްވާ މަޢުލޫމާތާއި އެއްގޮތަށް ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަސައްކަތް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭ ހިނގުން) |
ބުދަ |
11 ސެޕްޓެމްބަރ 2019 |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭ ހިނގުން) |
އާދީއްތަ |
15 ސެޕްޓެމްބަރ 2019 |
13:00 |
ނޯޓް: އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.