ދިވެހިރާއްޖެ
މަޤާމް: މެނޭޖަރ (ޕްރޮކިއުމަންޓް)
މަސައްކަތް ކުރަންޖެހޭ ތަން:ހުޅުމާލެ ހޮސްޕިޓަލް
ތަޢުލީމާއި ތަޖުރިބާ:
- އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓް ދާއިރާއިން މާރސްޓާރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތާއި ގުޅޭދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ޕްރޮކިއުމެންޓް އެންޑް ސަޕްލައިސް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއިން މާރސްޓާރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތާއި ގުޅޭދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓް ދާއިރާއިން ބެޗެލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތާއި ގުޅޭދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ޕްރޮކިއުމެންޓް އެންޑް ސަޕްލައިސް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތާއި ގުޅޭދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކާއި، މަޤާމާއި ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1- ހޮސްޕިޓަލްގެ ޕްރޮކިއުމެންޓް މަސައްކަތްތައް ރާވާ، ހިނގާނުހިނގާގޮތް ބެލެހެއްޓުން
2- ހޮސްޕިޓަލްގެ ޕަރޗެސް ކޮމިޓީގެ މަސައްކަތްތައް ރާވާ އިންތިޒާމްކޮށް ބެލެހެއްޓުން
3- ހޮސްޕިޓަލަށް ބޭނުންވާ މުދަލާއި އެހެނިހެން ތަކެތި ގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ހޮސްޕިޓަލްގެ ޕްރޮކިއުމެންޓް ޕޮލިސީއާއި އެއްގޮތްވާގޮތުގެ މަތިން ކުރިއަށް ގެންދިއުން.
މުސާރައާއި އިނާޔަތް :
މުސާރަ: 8835.00 ރުފިޔާ
ސަރވިސް އެލަވަންސް: 2000.00 ރުފިޔާ
ރިސްކް އެލަވަންސް: 75.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)
އެޓެންޑެންސް އެލަވަންސް: 132.00 ރުފިޔާ (މަސައްކަތްކުރާ ރަސްމީ ދުވަސްތަކަށް)
ކުރިމަތިލުމުގެ ސުންގަޑި: 18 ސެޕްޓެންބަރ 2019 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު.
- ސީވީ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށް، އެޓެސްޓްކޮށްފައިވާ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
- އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ޕޮލިސް ރިޕޯޓް
ޚާއްޞަ ސަމާލުކަމަށް:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.
ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.