ވަޒީފާގެ ފުރުޞަތު
ނަންބަރު: HMH | IUL | 2019 | 037
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި: 18 ސެޕްޓެންބަރު 2019 14:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
މެނޭޖަރ

މަޤާމް: މެނޭޖަރ (ހިއުމަން ސިސޯސަސް)  

މަސައްކަތް ކުރަންޖެހޭ ތަން:ހުޅުމާލެ ހޮސްޕިޓަލް

ތަޢުލީމާއި ތަޖުރިބާ:

  1. ހިއުމަން ރިސޯސަސް ދާއިރާއިން މާރސްޓާރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތާއި ގުޅޭދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.  ނުވަތަ
  2. ހިއުމަން ރިސޯސަސް ދާއިރާއިން ބެޗެލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތާއި ގުޅޭދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 
  3. މަޤާމާއި ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1-      ހޮސްޕިޓަލްގެ ހިއުމަން ރިސޯސަސް ޑިޕާރޓްމަންޓުގެ މަސައްކަތްތައް ރާވާ، ހިނގާ ނުހިނގާގޮތް ބެލެހެއްޓުން

2-      ރެކްރޫޓްމަންޓް، ޕާރފޯމަންސް އެޕްރެއިސަލް، އަދި ޕޭރޯލްގެ  މަސައްކަތްތައް ރާވާ އިންތިޒާމްކޮށް ބެލެހެއްޓުން

3-      މުވައްޒަފުންގެ ޗުއްޓީއާއި ގުޅޭ އެންމެހައި މަސައްކަތްތައް ރާވާ އިންތިޒާމްކޮށް ބެލެހެއްޓުން.

4-      މުވައްޒަފުންނާއި ބެހޭގޮތުން އަންނަ ޝަކުވާތަކާއި މުވައްޒަފުންގެ އަޚްލާޤީ މައްސަލަތައް ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން

މުސާރައާއި އިނާޔަތް :

މުސާރަ:               8835.00 ރުފިޔާ

ސަރވިސް އެލަވަންސް:       2000.00 ރުފިޔާ

ރިސްކް އެލަވަންސް:        75.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)

އެޓެންޑެންސް އެލަވަންސް:     132.00 ރުފިޔާ (މަސައްކަތްކުރާ ރަސްމީ ދުވަސްތަކަށް)

ކުރިމަތިލުމުގެ ސުންގަޑި: 18 ސެޕްޓެމްބަރ 2019 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށް، އެޓެސްޓްކޮށްފައިވާ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕޮލިސް ރިޕޯޓް

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

10 ސެޕްޓެންބަރު 2019