|
އިޢުލާނު
|
|
އެސިސްޓެންޓް ފައިނޭންސް އޮފިސަރ
|
މަޤާމް:
|
|
J-315673
|
މަޤާމުގެ ނަންބަރު:
|
|
01
|
ބޭނުންވާ އަދަދު:
|
|
ވަގުތީ (މަޤާމުގެ މުއްދަތު ހަމަވާ ތާރީޚް 14 ޖޫން 2020 ގެ ނިލަށް )
|
މަޤާމުގެ ގިންތި:
|
|
ޖީ.އެސ. 3
|
މަޤާމުގެ ރޭންކް:
|
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
|
ކޯޕަރޭޓް އެފެއާޒް
|
ސެކްޝަން:
|
|
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
|
މަޤާމް އޮތް އޮފީސް:
|
|
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ / ފ.ފީއަލި
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
|
މަހަކު 4465.00 ރުފިޔާ
|
މުސާރަ:
|
|
މަހަކު 1500.00 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
އެހެނިހެން އެލަވަންސް:
|
|
- ރަށު ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ކޮންމެ މީލާދީ މަހެއްގެ ރަސްމީ އެންމެފަހު ދެދުވަހުންކުރެ ދުވަހެއްގައި މުސާރަ ދިނުމާއި، އެކަމާގުޅޭ ހިސާގުތަކާ ލިޔެކިއުންތައް ބެލެހެއްޓުން.
- ރަށުކައުންސިލް އިދާރާގެ ބަޖެޓުން އެމަހަކު ނަގަންޖެހޭ ފައިސާ ނެގުމަށް ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ކޮންމެ މީލާދީ މަހެއްގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކަމާބެހޭ އިދާރާއައް ފޮނުވުމާއި އެކަމާގުޅޭ ހިސާބުތަކާ، ލިޔެކިއުންތައް ބެލެހެއްޓުން.
- ރަށުކައުންސިލް އިދާރާއަށް ބަލައިގަންނަންޖެހޭ ހުރިހާ ފައިސާއެއް ބަލައިގަނެ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ޖަމާކުރަންޖެހޭ ފައިސާ މަހުންމަހަށް ޖަމާކުރުމާއި އަދި މާލޭގެ އެކި އިދާރާތަކަށް ފޮނުވަންޖެހޭ ފައިސާ މަހުންމަހަށް ފޮނުވައި ހިސާބުތަކާއި ލިޔެކިޔުންތައް ބެލެހެއްޓުން.
- އެކި ފަރާތްތަކާއި ޙަވާލުކުރުމަށް ސަރުކާރުގެ އެކި އިދާރާތަކުން ރަށުކައުންސިލް އިދާރާއަށް ފޮނުވާ ފައިސާއާއި، ބަޖެތުން ނަގާ ފައިސާ އެފައިސާއެއް ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ލަސްނުކޮށް ޙަވާލު ކުރުމާއި އަދި ޚަރަދު ކުރުމަށް ނެގިފައިސާ ބާކީކޮށް ބިސާބުތައް ބެލެހެއްޓުން.
- ލިބުނު ފައިސާއާއި، އެމަހަކު ޚަރަދުކުރި ފައިސާގެ ރިޕޯޓް ތައްޔާރުކޮށް ޖެހިގެން އަންނަ މީލާދީމަހުގެ 10 ވަނަ ދުވަހުގެ ކުރިން ކަމާބެހޭ އިދާރާއަށް ފޮނުވުމާއި އަދި އީމެއިލް މެދުވެރިކޮށް ސަރުކާރުގެ އެކި އިދާރާތަކަށް ފޮނުވަންޖެހޭ ބަޖެޓް ހިސާބުތައް އެހިސާބެއް ފޮނުވަންޖެހޭ ތާރީޚަކަށް ފޮނުވުން.
- ބަޖެޓުގެ އެއްއައިޓަމުން އަނެއް އައިޓަމަށް ފައިސާ ބަދަލުކުރުމާބެހޭ ކަނަތައްތައް ކުރުމާއި، ބަޖެޓް ޚަރަދު ކުރަންޖެހޭ ފައިސާ އައި ގުޅޭގޮތުން ހުއްދަ ހޯދަންޖެހޭ ފޯމްތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި އަދި މިކަންކަމާ ގުޅޭ ހިސާބުތަކާއި ލިޔެކިޔުންތައް ނިންމުން.
- ކުރިއަށް އޮންނަ އަހަރަށް ލަފާކުރަންޖެހޭ ރަށުކައުންސިލް އިދާރާގެ ބަޖެޓް ރަށުގެ ތަރައްޤީގެ ޕްލޭނަށް ބަލައިގެން ސެކްޝަނުގެ ވެރިޔާގެ އިރުޝާދުގެމަތިން ތައްޔާރުކޮށް އަތޮޅު ކައުންސިލް އިދާރާއިން އަންގާ ތާރީޚަކަށް ފޮނުވުމާއި، ބަޖެޓާބެހޭ ހިސާބުތަކާއި ލިޔެކިޔުންތައް ބެލެހެއްޓުން.
- މަސައްކަތާއި ގުޅޭކަންކަމުގައި ލިބޭ ސިޓީ، މެސެޖުތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވުމާއި، މަހަކު އެއްފަހަރު ޖަވާބު ނުލިބިހުންނަ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ޔުނިޓުގެ ވެރިޔާގެ މަޝްވަރާގެމަތިން އެޅުމާއި އަދި މަސައްކަތާ ގުޅޭގޮތުން ފައިލް ކުރަންޖެހޭ ތަކެތި ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުން.
- ފިތުރު ޒަކާތާއި އަދި މުދަލު ޒަކާތުގެ އެންމެހައި ކަންތައްތައް ކުރުމާއި ބެލެހެއްޓުން.
- މީހުންގެ އަމިއްލަ ބިންތަކާއި ޢާއްމު ބޭނުމަށްޓަކައި ކޮންމެހެން ނަގަން ޖެހިއްޖެނަމަ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަދުލުވެރި ބަދަލު ދިނުމަށް ނިންމައި ފައިސާ ދޫކުރަން އެންގުމުން ފައިސާ ދޫކުރުން.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
|
- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް، ނުވަތަ ހަޔަރ ސެކެންޑަރީ ސްކޫލް، އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމު ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާގެ ކައުންޓަރުން، އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv ލިބެންހުންނާނެއެވެ. )
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓްތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މަޤާމުގެ މަސައްކަތާއި ގުޅޭދާއިރާއިން ލިބިފައިވާ ތަޢުލީމް. ( ކަނޑައެޅިފައިވާ އިންސައްތަ %35 )
- މަޤާމުގެ މަސައްކަތާއި ގުޅޭދާއިރާއަކުން ލިބިފައިވާ ކުރުމުއްދަތުގެ ތަމްރީން. ( ކަނޑައެޅިފައިވާ އިންސައްތަ %5 )
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން. ( ކަނޑައެޅިފައިވާ އިންސައްތަ %5 )
- މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ. ( ކަނޑައެޅިފައިވާ އިންސައްތަ )
- ލިބިފައިވާ ހުނަރު – އިންޓަރވިއު / ޕްރެކްޓިކަލްސް. ( ކަނޑައެޅިފައިވާ އިންސައްތަ %45 )
ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 ( ސާޅިސް ފަހެއް ) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ސެޕްޓެންބަރު 30ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް [email protected] އަދި ފެކްސް 6740594 މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޮކްޓޫބަރ 01 އާއި 2019 އޮކްޓޫބަރު 10 އާ ދެމެދު، ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. ނަމަވެސް ދިމާވާ ޚާއްޞަ ހާލަތަކާގުޅިގެން އިންޓަރވިއު ފަސްކުރަން ޖެހިއްޖެނަމަ ފަސްކުރެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|