މަސައްކަތް
ނަންބަރު: (IUL)257/257/2019/35
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 08:31
ސުންގަޑި: 19 ސެޕްޓެންބަރު 2019 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ބާރަށު ޤަބުރުސްތާނު ވިނަނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް.

ހއ.ބާރަށު އާސާރީ މިސްކިތު ގޯތިތެރޭގައިވާ ޤަބުރުސްތާނުގެ ވިނަނޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

                ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޙަށް ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޙަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާނީ

17 ސެޕްޓެމްބަރު 2019 (އަންގާރަ) ދުވަހުގެ 13:00 އަށް.

އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާނީ

19 ސެޕްޓެމްބަރު 2019 (ބުރާސްފަތި) ދުވަހުގެ 13:00 އަށް.

 

    

                މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޟިރުވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރަން ޙާޟިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ.

          

 

                ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.

                10 މުޙައްރަމް 1441

                 09 ސެޕްޓެމްބަރު 2019

 

                                                     އާސިފް އަބްދުﷲ

                                                     ކައުންސިލްގެ ރައީސް

10 ސެޕްޓެންބަރު 2019