ދިވެހިރާއްޖެ
ޢިއުލާން
ލެބޯޓްރީގެ ޙިދުމަތް ލިބެންނެތް ރަށްރަށުން ލެބޯޓްރީހުރި ރަށްރަށަށް ސާމްޕަލް ގެންގޮސްދޭނެ ފަރާތެއް ހޯދުން މިހޮސްޕިޓަލްއިން ކުރި ނަމްބަރ: GRH/IU/2019/03 ޢިއުލާނަން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ ޢިއުލާން ބާތިލް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިއަތޮޅުގެ ރަށްތަކުގެ ސިއްޙީމަރުކަޒުތަކުގެ ތެރެއިން ލެބޯޓަރީގެ ޙިދުމަތް މިވަގުތު ލިބެންނެތް މަރުކަޒުތަކުންނަގާ ސާމްޕަލް، ސާމްޕަލްނެގި މަރުކަޒާއި އެންމެ ގާތުން ޙިދުމަތް ލިބެންހުރި މަރުކަޒަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ސާމްޕަލް ގެންދިއުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތަފްސީލް ތިރީގައި އެވަނީއެވެ.
ވީމާ މިކަމަށް ސައުގުވެރިވެލައްވާ ފަރާތްތަކުން 12 ސެޕްޓެންބަރ 2019 (ބުރާސްފަތި) ދުވަހު11:00ގެ ކުރިން މައުލޫމާތު ސާފުކުރެއްވުމަށްފަހު ނަންނޯޓު ކުރެއްވުން އެދެމެވެ. މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރިބިޑް މީޓިން 12ސެޕްޓެންބަރ 2019 (ބުރާސްފަތި) ދުވަހުގެ 11:00ގައި ލ. ގަމު ރީޖަނަލް ހޮސްޕިޓަލް އަދި ލ. އަތޮޅު ސިއްހީ މަރުކަޒުތަކުގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 ސެޕްޓެންބަރ 2019 ( އާދީއްތަ ) ދުވަހު 11:00ގައި، ގަމު ރީޖަނަލް ހޮސްޕިޓަލުގައި އަދި އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުގައެވެ. |