ދިވެހިރާއްޖެ
މި އިޢުލާންވަނީ 09 ސެޕްޓެންބަރު 2019 13:58 ގައި ބާތިލް ކުރެވިފައެވެ.
ނަންބަރު: BAM/IUL/2019/46
އިޢުލާން
2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސައުތްއޭޝިއާ 21 އަހަރުންދަށުގެ ބެޑްމިންޓަންމުބާރާތުގެ ސަބްކޮމިޓީތައް އެކުލަވާލުމާބެހޭ
މިއަހަރުގެ އޮކްޓޯބަރ މަހުގެ 05 ން 10 އަށް އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތްއޭޝިއަރ ރީޖަނަލް އަންޑަރ 21 ބެޑްމިންޓަންމުބާރާތުގެ އެކިއެކި ކޮމިޓީތަކުގައި ވޮލެންޓިއަރުންގެ ގޮތުގައި ހަރަކާތް ތެރިވާނެ ފަރާތްތަކާއި މުބާރާތުގައި އޮފިޝަލްކަންކުރުމަށް ޝައުޤުވެރިވެލައްވަވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ މަކަމަށް ޝައުޤުވެރިވެލައްވަވާ ފަރާތްތަކުން 15 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ ކުރިން މިއެސޯސިއޭޝަންގެ ނަންބަރު 3314057 އަށް ގުޅުއްވައި ނަންނޯޓު ކުރެއްވުން އެދެމެވެ.
09 ސެޕްޓެމްބަރ 2019