ދިވެހިރާއްޖެ
އިޢުލާން
ކޫއްޑޫކޯލްޑްސްޓޯރޭޖްބްރައިންއޭރިއާގެފުރާޅުގެބައެއްގައިޓިނު ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
ގއ.ކޫއްޑޫ ކޯލްޑް ސްޓޯރޭޖް ބްރައިން އޭރިއާގެ ފުރާޅުގެ ބައެއްގައި ޓިނު ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ Iulaan:134-CORP/I/2019/35 ޢިއުލާންގައި ރަޖިސްޓްރީކުރުމަށް ދީފައިވާ މުއްދަތުގެތެރޭގައި، ރަޖިސްޓްރީ ކުރުމަށްއެދި ގިނަ ފަރާތްތަކަކުން ހެޑްއޮފީހަށް އައިސްފައިވާތީ، އެފަދަ ފަރާތްތަކަށް ފުރުޞަތުދިނުމުގެ ގޮތުން، ރަޖިސްޓްރީ ކުރުމާއި، ބީލަން ކަރުދާސް ދޫކުރުމާއި، މަޢުލުމާތު ދިނުމާއި، ސުވާލުތަކަށް ޖަވާބުދިނުމާއި އަދި ބީލަން ކަރުދާސް ހުށަހެޅުމުގެ ތާރީޚްއާއި ގަޑިއަށް ބަދަލުގެނަސް މި ކުންފނީގެ ނަންބަރ Iulaan:134-CORP/I/2019/35 އިޢުލާން ބާޠިލްކޮށް، އަލުން އިޢުލާން ކުރަމެވެ.
މަސައްކަތުގެވެރިފަރާތް: މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީލިމިޓެޑް
ރަޖިސްޓަރީކުރުން: މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 16 ވާ ހޯމަ ދުވަހު 14:00 ގެ ކުރިން ކޫއްޑޫ ފިޝަރީޒްކޮމްޕްލެކްސްގެ އޮފީހަށް ނުވަތަ މި ކުންފުނީގެ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ. (ރަޖިސްޓްރީ ނުކުރާ ފަރާތަކަށް ބީލަމުގައި ބައިވެރި ވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ،)
ބީލަންކަރުދާސްދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2019 ސެޕްޓެމްބަރ 19 ވާ ބުރާސްފަތި ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2019 ސެޕްޓެމްބަރ 23 ވަނަ ދުވަހު 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އޮންނާނެއެވެ.
ސުވާލާއިޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2019 ސެޕްޓެމްބަރ 23 ވާ ހޯމަ ދުވަހު ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2019 ސެޕްޓެމްބަރ 26 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑިއަކީ 2019 އޮކްޓޯބަރ 01 ވާ އަންގާރަ ދުވަހު 14:00 އެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އަދި ބީލަންކަރުދާސް ހުޅުވުން އޮންނާނީ ބީލަން ކަރުދާސް ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. ބީލަން ކަރުދާސް ހުށަހަޅާނީ މިފްކޯ ހެޑް އޮފީހަށެވެ.
އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:
ފޯނު: 3323932
ފެކްސްް: 3323935
އީމެއިލް: contract@mifco.com.mv
10 މުޙައްރަމް 1441
09 ސެޕްޓެމްބަރ 2019