ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HR/1/2019/182
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 09:16
ސުންގަޑި: 18 ސެޕްޓެންބަރު 2019 13:30
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
އެސިސްޓަންޓް ސޯޝަލް ސަރވިސް ވޯކަރ

އިޢުލާން

މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ. 

މަޤާމް:

އެސިސްޓަންޓް ސޯޝަލް ސަރވިސް ވޯކަރ

މަޤާމުގެ ނަންބަރު:

J-251244

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2    

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކުޑަކުދިންގެ ހިޔާ، ވިލިމާލެ

ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން

ކައުންސިލިންގ އެންޑް ސައިކޯ ސޯޝަލް ސަޕޯޓް ޔުނިޓް    

މުސާރަ:

-/5020 ރުފިޔާ

ސަރވިސް އެލެވަންސް:

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

  • -/700 ރުފިޔާ (ސަޕޯޓިންގ ކޯ އެލަވެންސް 2 )
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ޝިފްޓް ޑިއުޓީ އެލަވަންސް ފައިސާ
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މަރުކަޒުގެ ބެލުމުގެ ދަށުގައި ތިބޭކުދިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާ ޙައްޤުތައް، ހެދިފައިވާ ޤަވާޢިދުތަކާއި، އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  2. ކުއްޖާ ހިޔާއަށް ގެންނަތާ 48 ގަޑިއިރުގެ ތެރޭގައި ކުއްޖާގެ ޞިއްޙީ ޗެކްއަޕް ހެދުމުގެ އިންތިޒާމް ހަމަޖެއްސުމާއި ކުއްޖާއަށް ޙާއްސަ މުވައްޒަފެއް ހަމަޖެއްސުން.
  3. ކުއްޖާއަށް ޕާރސަނަލްފައިލް ހަދާ ކުއްޖާގެ ރަސްމީ ލިޔެކިޔުންތައް ހޯދައި ހުރިހާ ލިޔެކިޔުމެއް ރައްކާތެރިކަމާއިއެކު ފަސޭހައިން ތަކެތި ހޯދޭނެ ގޮތަކަށް ބެހެއްޓުމާއި ސްޕަވިޝަން ނޯޓްސް ލިޔުމާއި ޝިފްޓް ނޯޓްސްތައް ޤަވާޢިދުން ކޮންމެ ދުވަހަކު ލިޔުމާއި އަދި ހިޔާއަށް ގެނެވޭ ކުދިންނާއި ޢާއިލާތަކާއި ހަވާލުކުރުމަށް ހަމަޖެހިފައިވާ ކުދިންނަށް ހިޔާއިން ކުރަންޖެހޭ ކަންތައްތައް ކުރުން.
  4. މަރުކަޒުގައި އުޅޭ ސްކޫލަށްދާ އުމުރުގެ ކުއްޖެއް ނަމަ ސްކޫލަށް ވެއްދުމުގެ އިންތިޒާމް ހަމަޖައްސައި ސްކޫލަށް ފޮނުވޭތޯ ޔަޤިންކުރުމާއި ސުކޫލަށް ފޮނުވުމަށް ބާރުއެޅުން. ސްކޫލްގައި ބޭއްވޭ ބައްދަލު ވުންތަކަށް ޙާޟިރުވެ ވަކިވަކި ޓީޗަރުންނާއި ބައްދަލު ކުރުމާއި ޚާއްޞަ އެހީތެރިކަމެއް ބޭނުންވާ ކުއްޖެއް ނަމަ ސްކޫލަށް އެކަން އަންގާ ސްކޫލް މެނޭޖްމަންޓާ ވާހަކަ ދެއްކައިގެން ކުރިއަށް ގެންދިޔުމާއި ސްކޫލްތަކުންދޭ ފިލާވަޅުތައް މުތާލިއާ ކުރުވައި ކުދިންގެކިޔެވުމާއި ދުވަހުގެ ތާވަލް ކުރިއަށްދާ ގޮތް ބެލެހެއްޓުން.
  5. މަރުކަޒަށް ގެނެވޭ ކޮންމެ ކުއްޖަކަށް އެކުއްޖެއްގެ ބޭނުންތައް ވަޒަން ކުރުމަށްފަހު، ކުއްޖާއަށް ޙާއްސަ ދުރު ރާސްތާ އެކްޝަން ޕްލޭނެއް ތައްޔާރުކުރުން. ދުރު ރާސްތާ ޕްލޭންއަކީ ކުއްޖާ މަރުކަޒުގައި ހުންނައިރު ޙާޞިލްކުރި މިންވަރާއި ތަންފީޒުކުރުމަށް ހުރި މިންވަރު ކަނޑައެޅުމަށް ބޭނުންކުރާ ޕްލޭނެއްކަމުން ކުއްޖާ މަރުކަޒުގައި ހުންނަ މުއްދަތުގައި ކުއްޖާގެ ބޭނުންތައް ސާފުކޮށް ބަޔާންކޮށް ފުރިހަމަކޮށްދެވޭނެގޮތަށް މި ޕްލޭންއާއި އެއްގޮތަށް ކުއްޖާއާއެކު މަސައްކަތް ކުރުން.
  6. މަރުކަޒުގައި ބަލަހައްޓަމުންގެންދާ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރުމާއި، މިކަމަށްޓަކައި ތަފާތު ރިހެބިލިޓޭޝަންޕްރޮގްރާމްތައް ރާވާ ހިންގުން.  
  7. މަރުކަޒުގައި އުޅޭ ކުދިންގެ ތެރެއިން ކައުންސެލިންގ ބޭނުންވާ ކުދިންނަށް ކައުންސެލިންގ އާއި ސައިކޯސޯޝަލް ސްޕޯރޓް  ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި އެ ކުދިންނަށް އަންނަބަދަލު ދެނެގަތުމާއެކު ކުދިންނަށް އެހީތެރިވުމަށް ތަފާތު ޕްރޮގްރާމްތައް ރާވާ ހިންގުން
  8. ކައުންސެލިންގ ފޮލޯ އަޕް ހެއްދުމާއި އަދި ކުދިންގެ އަޚުލާޤަށް އަންނަ ބަދަލުތަކާމެދު އަދި ނަފުސާނީ ހާލަތަށްއަންނަ ބަދަލުތަކާމެދު ކުދިންނަށް ޚާއްސަކުރެވިފައިވާ ކެއަރ ވޯކަރ އާއި އެކު މަޝްވަރާކޮށް ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުމަށް މަސައްކަތް ކުރުން
  9. މަރުކަޒުގައި ތިބޭ ކުދިންނަށް އެކުދިންގެ މައިންބަފައިންނާއި ޢާއިލާ މީހުންނާއި ރަހްމަތްތެރިންނާއި، އަދި އެކުދިންގެ ދިރިއުޅުމުގައި ޚާއްޞަ މީހުންނާއެކު ބިނާކުރުވަނިވި ރަގަޅު ގުޅުން ބޭއްވުމަށް ހިތްވަރުދީ އެކަމުގެ ބައްދަލުކޮށްދިނުމާއި ފޯނުކޯލް ދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ އުޞޫލްގެ މަތިން ކުރިއަށް ގެންދިޔުން.
  10. މަރުކަޒުގައި އުޅޭ ކުދިންގެ ހުސްވަގުތު އެކަށީގެންވާގޮތަށް ރާވައި އެކުދިންގެ ހަރަކާތްތަކުގެ ބޭނުންވާ އެހީތެރިކަން ހޯދާދިނުމުގައި ކުދިންގެ ހުސްވަގުތު ގައިއެކުދިންނަށް ހެދި ބޮޑުވުމަށް ފައިދާ ހުރި އިތުރު ހަރަކާތްތައް ރާވައި ހިންގުން.
  11. މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް، އޮފީހުން ހަވާލުކުރާ އެންމެހައި މަސައްކަތެއް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

ސައިކޮލޮޖީ، ކައުންސެލިންގ، ސޯޝަލް ވޯރކް އަދި ސޯޝިއޮލޮޖީ މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސަނަދެއް ހާސިލްކޮށްފައިވުން.

މިމަޤާމަށް ހުށަހަޅުއްވާ ފަރާތްތަކުން ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީވެފައިވާ (ސޯޝަލް ސަރވިސް ލައިސަންސް އޮތް) ފަރާތެއް ކަމުގައިވާންވާނެއެވެ. އަދި މުއްދަތު ހަމަނުވާ ލައިސަންސް ހުށަހަޅުއްވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ވެބްސައިޓުންނާއިwww.gender.gov.mv )   (ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

    (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ސެޕްޓެމްބަރު 2019 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް(ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރ މަހު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027529 ނަންބަރު ފޯނަށް، ނުވަތަ 3027520 ނަންބަރު ފޯނަށެވެ.

 

10 މުޙައްރަމް  1441ހ

09 ސެޕްޓެމްބަރު 2019މ

 

 

 

09 ސެޕްޓެންބަރު 2019