މަސައްކަތް
ނަންބަރު: (IUL)369-AS/369/2019/27
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 08:21
ސުންގަޑި: 18 ސެޕްޓެންބަރު 2019 14:00
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މަޑުއްވަރީ ފުޓްސަލް ދަނޑުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ، މ.މަޑުއްވަރީ ފުޓްސަލް ދަނޑުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

ތަފުސީލް

ތަން

މަޢުލޫމާތު ލިބޭނެ ގޮތް

ތާރީޙު

ގަޑި

ލިޔުމުން މަޢުލޫމާތު ދިނުން

މ.މަޑުއްވަރީ ކައުންސިލް އިދާރާއިން.

މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ ކައުންސިލް އިދާރާ ރަސްމީކޮށް ހުޅުވިފައިވާ ދުވަސްތަކުގެ ހެނދުނު 8:00 އިން 14:00 އަށް 6720039 މި ނަންބަރު ފޯނުން

މ.މަޑުއްވަރީ ކައުންސިލްގެ އިދާރާ އަށް ދުރުވުމުން / އީމެއިލް މެދުވެރިކޮށް / ވައިބަރ މެދުވެރިކޮށް / މީސްމީޑިޔާގެ އެކި ވަސީލަތްތަށް މެދުވެރިކޮށް

10.09.2019 އިން 18.09.2019 އަށް

10.09.2019 ވަނަ ދުވަހުގެ 10:00 އިން 18.09.2019 ވަނަ ދުވަހުގެ 14:00 އަށް

ލިޔުމުން ދެވުނު މަޢުލޫމާތު އިތުރަށް ސާފުކޮށްދިނުމަށް ބާއްވާ ޕްރީބިޑް މީޓިން

މ.މަޑުއްވަރީ ކައުންސިލް އިދާރާގައި

މ.މަޑުއްވަރީ ކައުންސިލް އިދާރާއަށް ގަޑިއަށް ދުރުވުމުން

16.09.2019

13:00 ގައި

އަންދާސީ ހިސާބު ހުށަހެޅުއްވުން

މ.މަޑުއްވަރީ ކައުންސިލް އިދާރާއަށް

މ.މަޑުއްވަރީ ކައުންސިލް އިދާރާއަށް ދުރުވެ

30.09.2019

13:00 ގައި

 

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކާ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރުގައާއި ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އިރު ، ހުށަހަޅުއްވާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ ނުވަތަ މުއްދަތު ހަމަ ނުވާ އައިޑީކާޑުގެ އަސްލު ގެންނަންވާނެއެވެ. ފޯނުންނާއި މީސްމީޑިޔާގެ އެކި ވަސީލަތްތަށް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކުން އެ ފަރާތެއް މަޢުލޫމާތު ސާފުކުރައްވާ ހައިސިއްޔަތު ސާފުކޮށްދެއްވަންޖެހިވަޑައިގަންނަވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަވާނީ ސިޓީ އުރައަކަށްލާ ބަންދުކުރައްވައިގެން ހުށަހަޅުއްވަން އޮތް ގަޑިއަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށެވެ.

 

އަންނަނިވި ލިޔުންތައް ހަމައަށް ހުށަހަޅާފައިނުވާނަމަ އެ އަންދާސީ ހިސާބެއް ބާތިލުކުރެވޭނެއެވެ.

  •   އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކީ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ  
  •   އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކީ ކުލަބު/ ޖަމުޢިއްޔާ އެއް ނަމަ ކުލަބު/ޖަމުޢިއްޔާގެ ރަޖިސްޓްރީގެ ކޮޕީ އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
  •  އަމިއްލަ ފަރާތެއް ނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
  •  ހުށަހަޅުއްވަން ދުރުވާ ފަރާތުގެ އައިޑީކާޑުގެ އަޞްލު 
  •  ކުންފުނި/ ކުލަބު ޖަމުއިއްޔާ އިން އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ މަޢުލޫމާތު އަންގައިދޭ ރަސްމީ ލިޔުން
  •  އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ވެރި ފަރާތް ފިޔަވައި  އެހެން ފަރާތެއް އަންދާސީ ހިސާބު ހުށަހަޅުއްވާނަމަ ، އަންދާސީ ހިސާބު ހުށަހަޅުއްވާ ވަޑައިގަންނަވާ ފަރަތުގެ މަޢުލޫމާތު އަންގައިދޭ ވެރި ފަރާތުގެ ރަސްމީ ލިޔުމެއް ހުށަހަޅުއްވަން ޖެހޭނެއެވެ.

 

މިހެންވެ ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

09 ސެޕްޓެންބަރު 2019