ދިވެހިރާއްޖެ
އިޢުލާން
ހއ. އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކުރުން
ހއ. އިހަވަންދޫން ގޯއްޗަށް އެދޭ ފަރާތްތަކަށް 14 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުން ފެށިގެން ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.
ގޯއްޗަށް އެދޭ ފޯމު ދޫކުރަން ހަމަ ޖެހިފައިވަނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 10:00 ން މެންދުރު 12:00 އާ ދެމެދުއެވެ. ފޯމު ބަލައިގަތުން އޮންނާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގެ މެންދުރު 12:00 ން 14:00 އަށެވެ.
ގޯއްޗަށް އެދޭ ފޯމު ލިބޭނީ ގޯއްޗަށް އެދޭ މީހާނުވަތަ އޭނަގެ ބަދަލުގައި ފޮނުއްވާ މީހަކު މިއިދާރާއަށް ދުރުވުމުންނެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ ސިޓީއެއް ފޮނުއްވަން ވާނެއެވެ. އެސިޓީގައި ފޯމު ހަވާލުވުމަށް ފޮނުއްވާ މީހާގެ ނަމާއި އެޑްރެސް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަމްބަރ އޮންނަން ވާނެއެވެ.
ގޯތި ދޫކުރުމަށް ހަމަ ޖެހިފައިވަނީ ޕްރީ ސްކޫލު ގޯތީގެ ހުޅަނގުނގު މަގާއި އިރުމަތީ މަގާއި ހަވީރީ ހިނގުމާއި ދެމެދުން ޕްރީ ސްކޫލް ގޯތީގެ އުތުރުން، ރާދަ ހިނގުމާއި ދެމެދު ސަރަހައްދުން ނެގޭ ގޯތި ތަކާއި، މުތީ ގޯޅީގެ ހުޅަނގުން ނޫރާނީ މަގުގެދެކުނުން ކަތީބުކަލޭފާނު މަގުގެ އިރުން އޮތް ބިމުން ނެގޭ ގޯތިތަކާއި އަދި ކަތީބު ކަލޭފާނު މަގުގެ ހުޅަނގުން ނޫރާނީ މަގުގެ ދެކުނުން އޮތް ސަރަހައްދުން ޖުމުލަ 40 ފޫޓު * 40 ފޫޓުގެ 200 (ދުއިސައްތަ) ގޯއްޗެވެ.
ގޯއްޗަށް އެދޭ މީހުންގައި ހުންނަން ޖެހޭ ޝަރުޠު ހަމަވެގެން ގޯއްޗަށް އެދިފައިވާ މީހުންގެ އަދަދު، ގޯތި ދޫ ކުރުމަށް ހަމަ ޖެހިފައިވާ އަދަދަށް ވުރެ އިތުރު ވާނަމަ، ގޯއްޗަށް އެދިފައިވާ މީހުންގެ ތެރެއިން ގޯތި ލެބޭ ފަރާތްތައް ކަނޑަ އަޅާނީ ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަން ދަރިންނާއި އެމީހަކަށް ޝަރްޢީގޮތުން ބަލަން ޖެހިފައިވާ މީހުންގެ އަދަދާއި ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއް ލިބި ނުވަތަ އޮވެ، އެގޯއްޗަކާމެދު ޢަމަލު ކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތް ކޮށްގެންނެވެ.
ގޯތި ދިނުމާއި ބެހޭ އެންމެހައި ކަންކަން ބަލަހައްޓާނީ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދިނުމުގެ ގަވައިދުގެ 16 ވަނަ މާއްދާގައި ބުނާ ކޮމިޓީއިންނެވެ.
ވީމާ، ގޯއްޗަށް އެދި ކުރިމަތި ލުމުގެ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ގޯއްޗަށް އެދޭ ފޯމު ފުރުއްވައި 14 އޮކްޓޫބަރ 2019 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ.
ގޯއްޗަށް އެދޭ މީހުންގައި ހުންނަން ޖެހޭ ޝަރުޠު
1 – ދިވެހި ރައްޔިތަކު ކަމުގައި ވުން
2 – އުމުރުން 18 އަހަރު ވެފައި ވުން
3 – ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން
4 – އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަ ފޫޓަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން. ނުވަތަ ލިބިފއިވާ މިފަދަ ބައެއް ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވައިދުގައިވާ ގޮތުގެ މަތިން ދޫކޮށްލުން
5 – ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަސްވުރެ ގިނަ ދުވަސް ވެފައި ވުން
6 – އެއްމެދު އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލިތާ ނުވަތަ ވިއްކިތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވުން
7– ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަން ދަރިންނާއި އެމީހަކަށް ޝަރުޢީގޮތުން ބަލަން ޖެހިފައިވާ މީހުންގެ އަދަދާއި ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއް ލިބި، ނުވަތަ އޮވެ، އެ ގޯއްޗަކާމެދު އަމަލު ކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް އެމީހަކީ، ގޯއްޗަކަށް ބޭނުން ވެފައިވާ މީހެއްކަމަށް، "ދިރި އުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫ ކުރުމާއި ބެހޭ ޤަވާއިދު " ގެ 16 ވަނަ މާއްދާގައި ބުނާ ކޮމިޓީއަށް ފެނުން
ބަންޑާރަ ގޯތި ދިނުމުގައި ޕޮއިންޓް ދޭ އުސޫލު
1 – ކައިވެނީގެ ބައި:
(ހ) މީހަކާއި އިނދެގެން ހުރިނަމަ 25 ޕޮއިންޓް
(ށ) އެއް އަނތްބަށްވުރެ ގިނަ އަނބިން ތިބިނަމަ:ކޮންމެ އަނތްބަކަށް 15 ޕޮއިންޓް
( މިބައިން ގިނަވެގެން ދެވޭނީ 45 ޕޮއިންޓެވެ.)
(ނ) ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައި ވީނަމަވެސް ދަރިން ތިބިނަމަ: 20 ޕޮއިންޓް
(ރ) ކައިވަންޏަށް ވީ ކޮންމެ އަހަރަކަށް: 01 ޕޮއިންޓް
2 – އުމުރުގެ ބައި
(ހ) އުމުރުން 18 އަހަރާ 22 އަހަރާ ދެމެދު: 03 ޕޮއިންޓް
(ށ) އުމުރުން 22 އަހަރާ 30 އަހަރާ ދެމެދު: 05 ޕޮއިންޓް
(ނ) އުމުރުން 30 އަހަރުން މަތި 07 ޕޮއިންޓް
3 – ދަރިންގެ ބައި
(ހ) 18 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ 05 ޕޮއިންޓް
(ށ) 18 އަހަރުން ދަށުގެ އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް 04 ޕޮއިންޓް
( މިބައިން ގިނަވެގެން ދެވޭނީ 16 ޕޮއިންޓެވެ.)
(ނ) ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުން ދަށުގެ ކުއްޖަކު ހުރިނަމަ 03 ޕޮއިންޓް
(ނ) ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުން ދަށުގެ އެއް ކުއްޖަކަށް ވުރެ
ގިނަ ކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް 04 ޕޮއިނޓް
( މިބައިން ގިނަވެގެން ދެވޭނީ 08 ޕޮއިންޓެވެ.)
(ބ) ކައިވަންޏަށް މެދު ނުކެނޑި 5 އަހަރު ހޭދަވެފައި ދަރިއަކު ލިބިފައި ނުވަނީ ދެމަފިރިންގެ ތެރެއިން
މީހެއްގެ ޞިއްހީ މައްސަލައެއްގެ ސަބަބުންނަމަ : 05 ޕޮއިންޓް
4 – މައިން ބަފައިންގެ ބައި
(ހ) މަންމަ ބަލަމުން ދާނަމަ: (މަންމަގެ ނަމުގްއި 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނެތްނަމަ) 03 ޕޮއިންޓް
(ށ) ބައްޕަ ބަލަމުން ދާނަމަ: (ބައްޕަގެ ނަމުގްއި 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނެތްނަމަ) 03 ޕޮއިންޓް
(ނ) މައިން ބަފައިންނާއި ދަރިން ފިޔަވައި ޝަރުޢީގޮތުން ބަލަން ޖެހޭ މީހަކު ބަލަމުން ދާނަމަ
އަދި އެމީހެއްގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނެތްނަމަ 03 ޕޮއިންޓް
5 – ރަށްވެހި ކަމުގެ ބައި
(ހ) ރަށުގެ ރަށްވެއްސެއް ނަމަ: 25 ޕޮއިންޓް
(ށ) ކުރިން ރަށްވެހި ވެފައިވާ ރަށް ދޫކޮށް މިރަށުގައި ދިރި އުޅޭތާ 03 އަހަރު ވެފައިވާނަމަ: 10 ޕޮއިންޓް
(ނ) ރަށުގައި ދިރި އުޅޭނަމަ:
10 ޕޮއިންޓް
6 – ޕޮއިންޓް އުނި ކުރުން
(ހ) އަނބި މީހާ، ނުވަތަ ފިރިމީހާއަށް ގޯއްޗެއް ލިބިފައިވާނަމަ:
( އެ ގޯތި ދޫކޮށްލަން ހުށައަޅާފައި ވާނަމަ ޕޮއިންޓް އުނި ނުކުރެވޭނެ) 25 ޕޮއިންޓް
(ށ) ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ގޯއްޗެއް ވިއްކާ، ނުވަތަ ދީފައިވާނަމަ: 20 ޕޮއިންޓް
ޖުމުލަ: ޕޮއިންޓް
އިތުރު ތަފްޞީލް:
* ނަމްބަރ 1 ގައިވާ ކައިވަނި ރޫޅިފައި ކަމަށް ބަލާނީ ގޯތި ދޫކުރާކަން ޢާއްމުކޮށް އިޢުލާނު ކުރުމުގެ ކުރިން ރޫޅިފައިވާ
ނަމައެވެ. އަދި މިބައިން މާކްސް ލިބޭނީލިބިފައިވާ ދަރިން ބަލަމުން ގެންދަނީ ގޯއްޗަށް އެދި ހުށައަޅާފައިވާ މީހާ ކަމު-
ގައި ވާނަމައެވެ. (މަންމަ، ނުވަތަ މަންމަގެ ފަރާތުން ދަރިފުޅު ބެލިނަމަވެސް ބައްޕަ ދަރިފުޅަށް ޚަރަދު ކުރާނަމަ ބައްޕަ
އަށްވެސް ޕޮއިންޓް ލިބޭނެއެވެ. ) މިހާލަތުގައި ދަރިފުޅަށް ޚަރަދުކުރާކަން އެނގޭނެ ޝަރްއީ ލިއުމެއް ނަވަތަ ދަރިފުޅުގެ
މަންމަގެ ލިއުމެއް އޮންނަން ވާނެއެވެ.
* އުމުރު ބަލާނީ، ގޯތި ދޫ ކުރުމަށް ޢާއްމު ކުރެވޭ އިއުލާނުގެ މުއްދަތު ހަމަވާ ތާރީޚަށެވެ.
* ދަރިންގެ ބައިން ޕޮއިންޓް ލިބޭނީ ގޯއްޗަށް އެދިފައިވާ ފަރާތުން ދަރިން ބަލަމުން ގެންދާނަމައެވެ. (މަންމަ، ނުވަތަ
މަންމަގެ ފަރާތުން ދަރިފުޅު ބެލިނަމަވެސް ބައްޕަ ދަރިފުޅަށް ޚަރަދު ކުރާނަމަ ބައްޕައަށްވެސް ޕޮއިންޓް ލިބޭނެއެވެ. )
މިހާލަތުގައި ދަރިފުޅަށް ޚަރަދުކުރާކަން އެނގޭނެ ޝަރްއީ ލިއުމެއް ނަވަތަ ދަރިފުޅުގެ މަންމަގެ ލިއުމެއް އޮންނަން ވާނެ
އެވެ.
* ނަމްބަރ 3 ގެ (ނ) ގައި ބުނާ ޕޮއިންޓް ދެވޭނީ ދައުލަތުގެ ޞިއްޙީ ޚިދުމަތްދޭ މުވައްސަސާއަކުން އެކަން ބަޔާންކޮށް-
ފައިވާ ލިއުމެއް ހުށައެޅުމުންނެވެ.
* ނަމްބަރ 4 ގެ (ނ) ގައި ބުނާ ޕޮއިންޓް ދެވޭނީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ ތަން-
މަތީ ބާއްވައިގެން ނުވަތަ ގޮނޑީގައި އުޅޭ، ހިނގާ ބިނގާވެ ނޫޅެވޭ ފަރާތެއް ކަމަށް ވާނަމައެވެ. މިފަދަ މީހަކު ބަލަނީ
އެއް ކުއްޖަކަށް ވުރެ ގިނަކުދިން ކަމުގައި ވިޔަސް މަންމަ ބަލައި ކޮންމެ ކުއްޖަކަށްވެސް މިޕޮއިންޓް ދެވޭނެއެވެ.
* ނަމްބަރ 4 ގެ (ހ) (ށ) ގައި ބުނާ ޕޮއިންޓް ދެވޭނީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ
ތަންމަތީ ބާއްވައިގެން ނުވަތަ ގޮނޑީގައި އުޅޭ، ހިނގާ ބިނގާވެ ނޫޅެވޭ ފަރާތެއް ކަމަށް ވާނަމައެވެ. މިފަދަ މަންމައަކު
ނުވަތަ ބައްޕައަކު ބަލަނީ އެއް ކުއްޖަކަށް ވުރެ ގިނަކުދިން ކަމުގައި ވިޔަސް މަންމަ ނުވަތަ ބައްޕަ ބަލައި ކޮންމެ
ކުއްޖަކަށްވެސް މިޕޮއިންޓް ދެވޭނެއެވެ.
* ނަމްބަރު 3 ގެ (ބ) ގައި ބުނާ ޕޮއިންޓް ދެވޭނީ ދައުލަތުގެ ޞިއްޙީ ޚިދުމަތްދޭ މުވައްސަސާއަކުން އެކަން ބަޔާން ކޮށް
ފައިވާ ލިއުމެއް ހުށައެޅުމުންނެވެ.
* ނަމްބަރ 5 ގެ (ނ) ގައި ބުނާ ޕޮއިންޓް ދެވޭނީ ވޭތުވެ ދިޔަ 5 އަހަރު ތެރޭގައި ރަށުގައި ދިރި އުޅެފައިވާ ފަރާތް
ތަކަށެވެ. ދިރި އުޅުމަށް އާމްދަނީ ހޯދުމަށްމަސައްކަތް ކުރުމަށާއި ރަށުން ލިބެން ނެތް ފަރުވާއެއް ހޯދުމަށް، ނުވަތަ
މައިންބަފައިންނަށް ދަރިއަކަށް ނުވަތަ އާއިލާގެ މެންބަރަކަށް އެފަދަ ފަރުވާއެއް ހޯދައިދިނުމަށް، ނުވަތަ ރަށުން ލިބެން
ނެތް ތަޢުލީމެއް ހޯދުމަށް، ނުވަތަ މައިންބަފައިންނަށް ދަރިއަކަށް ނުވަތަ އާއިލާގެ މެންބަރަކަށް އެފަދަ ތަޢުލީމެއް ހޯދައި
ދިނުމަށް، ރަށުން ބޭރުގައި ހުންނަ ފަރާތް މިމާއްދާގެ ބޭނުމަށް ރަށުން ބޭރުގައި އުޅޭ ކަމަކަށް ނުބެލެވޭނެއެވެ.
ނަމަވެސް އަނބި މީހާގެ ރަށުގައި ފިރިމީހާ، އަދި ފިރި މީހާގެރަށުގައި އަނބިމީހާ އިހަވަންދޫ ނޫން ރަށެއްގައި ދިރި
އުޅޭނަމަ ބެލެވޭނީ، ރަށުން ބޭރުގައި ދިރި އުޅޭ ކަމަށެވެ. އަނބިމީހާ ނުވަތަ ފިރިމީހާގެ ރަށްނޫން ރަށެއްގައި ދެމަފިރިން
އެކުގައި ނުވަތަ ވަކިން އުޅުނު ނަމަވެސް ރަށުން ބޭރުގައި އުޅޭ ކަމަކަށް ނުބެލެވޭނެއެވެ. ރަށުން ބޭރުގައި އުޅެނީ
ޞިއްޙީޚިދުމަތެއް ހޯދުމަށާއި ހޯދައި ދިނުމަށް ނުވަތަ ތައުލީމް ޙާޞިލް ކުރުމަށާއި ތައުލީމު ޙާޞިލްކޮށް ދިނުމަށް
ކަމަށް ބެލެވޭނީ، ޞީއްހީ ފަރުވާ ކުރާ ތަނުގެ ނުވަތަ ތަޢުލީމު ޙާޞިލު ކުރާ ތަނުގެއެކަން އެނގޭނެ ލިއުމެއް ހުށަ-
އެޅުމުންނެވެ. ދެމަފިރިން ރަށުން ބޭރުގައި އުޅޭ ފަރާތްތަކުން ދެމަފިރިން ދިރި އުޅޭ ރަށް އެނގޭނެ އެރަށެއްގެކައުން-
ސިލުގެ ލިއުން ހުށައަޅަން ވާނެއެވެ. ރަށުގައި ދިރި އުޅޭ ފަރާތްތަކުން ރަށުގައި ދިރިއުޅޭ ކަމުގެ ކައުންސިލުގެ އިދާ-
ރާގެ ލިއުމެއް ހުށައަޅަން ވާނެއވެ.
* އެއްމެދު ގޯއްޗަކުން ނުވަތަ އެއް ގޯއްޗަށް ވުރެ ގިނަ ގޯތިން ޖުމުލަ 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ލިބެން އޮވެ-
ފައި އެގޯއްޗަކުން ނުވަތަ ގޯތިތަކުން ލިބޭބައި އެގޯތިން ބައި ލިބޭ ފަރާތަކަށް ނުވަތަ ފަރާތްތަކަށް ދޫކޮށްލުމަށް އެއްބަސް
ވާނަމަ ނަމްބަރ 6 ގެ (ށ) ގައި ބުނާ ޕޮއިންޓް އުނި ނުކުރެވޭނެއެވެ.
* ގޯތި ލިބޭގޮތް:
* ގޯތި ލިބޭ މީހުން ހޮވާނީ ގޯތި ހޯދުމަށް ހުށައަޅާފައިވާ އެންމެނަށް ޕޮއިންޓް ދިނުމަށްފަހު ޕޮއިންޓް ތަރުތީބުން އެންމެ
މަތިން ޕޮއިންޓް ލިބުނު މީހުންގެ ތަރުތީބުންނެވެ. އަދި މިގޮތުން ޕޮއިންޓް ތަރުތީބުން ގޯތި ދެމުން އައިސް އެންމެ ފަހު
ގޯއްޗާއި ހަމައިން އެއްފަރާތަށް ވުރެ ގިނަ ފަރާތުގެ ޕޮއިންޓް އެއްވަރު ވާނަމަ އެ ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ އެ-
ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.
* ގޯތި ލިބޭ މީހުންގެ ލިސްޓް ޢާއްމު ކުރުމުގެ ކުރިން ދެމަފިރިންނަށް ގޯތި ލިބިފައި ވޭތޯ ބަލައި ދެމަފިރިންނަށް ގޯތި
ލިބިފައި ވާނަމަ އެ ދެފާރާތުންކުރެ ކޮންމެވެސް އެއް ފަރާތަކުން ގޯތި ދޫކޮށްލަން އަންގައި އެ ހުސްވި ގޯތި ޕޮއިންޓް
ލިސްޓް ތަރުތީބުން ލިބެން ޖެހޭ ފަރާތަށް ލިސްޓަށް އިތުރު ކުރެވޭނެއެވެ.
* ގޯތި ލިބޭނީ މަދުވެގެން 50 ޕޮއިންޓް ލިބޭ ފރާތް ތަކަށެވެ.
އިހަވަންދޫން ގޯތި ނުދޭތާ ގިނަ ދުވަސްތަކެއްވެ، ރައްޔިތުންނަށް އެކަމުގެ ދަތިކަން ކުރިމަތި ވެފައިވާތީ ގޯތި ދިނުން އަވަސް ކުރުމުގެ ގޮތުން ގޯއްޗަށް އެދޭފަރާތްތަކުން ހުށައަޅާ ފޯމުތަކަށް ފޯމު ލިބުމާއެކު ޕޮއިންޓް ދިނުމުގެ މަސައްކަތް ކުރެވޭނެއެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން ސާފު ކުރަންޖެހޭ މަޢުލޫމާތު ސާފު ކުރުމަށްފަހު ޕޮއިންޓް ފޯމަށް ގެންނަން ޖެހޭ އުނި އިތުރު ގެނެވޭނެއެވެ. މިގޮތުން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭފަރާތް ތަކަށްމިއިދާރާއިން ދޫކުރާ ލިއުން ހަވާލު ކޮށްފައި ވަނިކޮށްވެސް ރާއްޖޭގެ ރަށްތަކުން މަޢުލޫމާތު ލިބުމުން ޕޮއިންޓް ފޯމު ތަރުތީބު ކުރާއިރު، އެފަރާތަކަށް ގޯތި ގެއްލޭނަމަ ގޯތި ލިބުނުކަމަށް މިއިދާރާއިން ދޫކުރި ލިއުން ބާޠިލް ކުރެވޭނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
09 މުޙައްރަމް 1441
08 ސެޕްޓެމްބަރ 2019