ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 43/2019/393/393(IUL)
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 17 ސެޕްޓެންބަރު 2019 00:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގު ބައްތި ޖެހުމަށް ބޭނުންވާ ތަކެއްޗަށް އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު ބޭނުންވެއްޖެ

1- މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިއަހަރު އަލަށް އިތުރުކުރެވޭ މަގު ބައްތިތަކަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތީގެ އަގުތައް ހޯދަން ބޭނުންވެއްޖެއެވެ.

50   ރޯލް ކޭބަލް (ޓޫކޯ) 100 މީޓަރުގެ 2.5 އެމްއެމް ރައުންޑްކޭބަލް

10  ރޯލް ސެކިޔުރިޓީ ޓޭޕް 500 މީޓަރުގެ ( ފުޅާމިން ''5 )

50 ބަނދަރު ބައްތި ލެޑްލައިޓް  50 ވޯޓްގެ ( ޑޭލައިޓް ) ހުދު އަލީގެ  ކޮމްޕްލީޓް

 މަޢުލޫމާތު ސާފުކޮށްދިނުން: 08 ސެޕްޓެމްބަރ 2019 އިން ފެށިގެން 16 ސެޕްޓެމްބަރ 2019 ވާ ހޯމަދުވަހުގެ 14:00 އާދެމެދު  ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުން.

  • އަންދާސީ ހިސާބު ހުށަހެޅުން: 17 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހު ހެނދުނު 11:00 ގައި މި އިދާރާގައި.

2- މިކަމަށް އެދިކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރ ކުރުމުގެ ޤާނޫން (ޤާނޫން ނަމަބަރ: 2014/18) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން (ޤާނޫން ނަމްބަރ: 2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

3- މިމަސައްކަތަށް އެދި ހުށަހަޅާ އަންދާސީ ހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި '' 2019 ވަނަ އަހަރު އަލަށް އިތުރު ކުރެވޭ މަގު ބައްތިކަށް އަގު ހުށަހެޅުން  '' މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއަކާއި ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ނުވަތަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީހުށަހަޅުއްވަން ވާނެއެވެ.  އަދި އަންދާސީ އަގު ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި  ނަމާއި އެޑްރެހާއި ފޯނުނަމްބަރ ލިޔެފައި އޮންނަންވާނެއެވެ.

             ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އޮތް ތާރީޙާއި ގަޑީގައި އަންދާސީ ހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

08 ސެޕްޓެންބަރު 2019