ވަޒީފާގެ ފުރުޞަތު
ނަންބަރު: GS106/2019/IU/039
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 17 ސެޕްޓެންބަރު 2019 14:00
މާއުނގޫދޫ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

ވަޒީފާގެ ފުރުޞަތު

 

މަޤާމް:

އެސިސްޓެންޓް ލައިބްރޭރިއަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މުއްދަތު:

6 މަސް ދުވަސް

މަޤާމުގެ ނަންބަރ:

J-129786

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން :

މާއުނގޫދޫ ސްކޫލް، ށ. މާއުނގޫދޫ

ސެކްޝަން :

އެޑްމިން

މުސާރަ:

4,465/- ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

1,500/- ރުފިޔާ (މަހަކު)

އިތުރު އިނާޔަތްތައް

1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

މަޤާމުގެ   ޝަރުތުތައް

  

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް

  1. ދަރިވަރުންނާއި މުވައްޒަފުން ލައިބްރަރީ އުސޫލާއި އެއްގޮތަށް ލައިބްރަރީ ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  2. ކަނޑައެޅިފައިވާ އުސޫލްގެ މަތީން ލައިބްރަރީ އިން ދަރިވަރުންނާއި މުވައްޒަފުންނަށް ފޮތް ދޫކުރުމާއި އަނބުރާ ބަލައިގަތުން.
  3. ލައިބްރަރީގެ ފޮތްތައް ލޭބަލް ހަރުކޮށް ސެލޯފިން ލައްވާ ތަރުތީބުން އަތުރާ ބެލެހެއްޓުން.
  4. ލައިބްރަރީއަށް ބޭނުންވާ ޤަވާއިދުތަކާއި އުސޫލުތައް ސްކޫލްގެ ވެރިޔާ ނުވަތަ ސުޕަވައިޒަރގެ މަޝްވަރާއިއެކު ހަދައި ލައިބްރަރީގައި ފެންނާނެހެން ބެހެއްޓުމާއިއެކު ތަންފީޒްކުރުން.
  5. ލައިބްރަރީގެ އިންވެންޓްރީ ކޮންމެ އަހަރެއް ނިމުމުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  1. ނައްތާލެވޭ ފޮތްތަކުގެ ރެކޯޑާއި ހަލާކުވާ ފޮތްތަކުގެ ރެކޯޑު ބެލެހެއްޓުމާއި ބަދަލު ހޯދުމުގެ ކަންތައްތައް ހަމަޖެއްސުން.
  2. ފޮތްތެރިކަމަށް ހިތްޖެހޭނެ ގޮތެއްގެމަތިން ކަމުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރާވައި މުދައްރިސުންނާއި ލީޑިން ޓީޗަރުންގެ އެހީއާއިއެކު ކުރިއަށް ގެންދިއުން.
  3. ސްކޫލުން ކުރިއަށްގެންދާ އިތުރު ހަރަކާތްތަކުގައި ސްކޫލަށް އެހީތެރިކަންދީ އަދި މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ ކަންތައްތަކަށް އެއްބާރުލުންދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި އިދާރާގެ ކައުންޓަރުން ލިބޭނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ :

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިންބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.  
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ :

(ހ) ދައުލަތުގެ މުއައްސަސާއެއްގައި  ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް

 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް :

  1. ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅާނީ  2019 ސެޕްޓެމްބަރ 17 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މާއުނގޫދޫ ސްކޫލްގެ އޮފީހަށެވެ. ވަޒިފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއިމުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  2019 ސެޕްޓެމްބަރ 18 އާއި 22 އާއި ދެމެދުގެ ތާރީޚެއްގައި މާއުނގޫދޫ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540554 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

08 ސެޕްޓެންބަރު 2019