ޢާންމު މަޢުލޫމާތު
ނަންބަރު: FNK-I/IUL/2019/185
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 09:39
ސުންގަޑި: 11 ސެޕްޓެންބަރު 2019 14:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ބްރާންޗަށް ބޭނުންވާ ޓްރާންސްފޯމަރސް ގަތުމާއި ގުޅޭ:

 

ނަންބަރ:FNK-I/IUL/2019/185

 

އިޢުލާން

މި ކުންފުނީގެ ބްރާންޗަށް ބޭނުންވާ ޓްރާންސްފޯމަރސް ގަތުމާއި ގުޅޭ:

މި ކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތައް ބްރާންޗަށް ޓްރާންސްފޯމަރސް ގަންނަން ބޭނުންވެއެވެ. މި ތަކެއްޗަށް އަގު ހުށަހެޅުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވެމެވެ. މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ސެޕްޓެމްބަރ 2019  ވާ ބުދަ ދުވަހުގެ 14:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ.

      މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 15000.00 ޔޫ.އެސް.ޑޮލަރު (ފަނަރަ ހާސް ޔޫ.އެސް.ޑޮލަރު) ނުވަތަ އެ އަދަދަށްވާ ދިވެހި ފައިސާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީ ގޮތުގައި ހުށަހަޅަންވާނީ އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓަރ، ޗެކް ނުވަތަ މޯލްޑިވްސް މަނިއްޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގައި ރަޖިސްޓްރީކޮށްފައިވާ އިންސްރެންސް ކުންފުންޏަކުން ދޫކޮށްފައިވާ އިންސްރެންސް ޕޮލިސީގެ އޮރިޖިނަލްއެެވެ. ޗެކް ވާންވާނީ ބެންްކް ގެރެންޓެޑް ސްޓޭޕް ޖެހިފައިވާ ޗެކަކަށެވެ. އަދި ބިޑް ސެކިޔުރިޓީ ހުށަހަޅަންވާނީ އަންދާސީ ހިސާބު ހުށައަޅާ ކުންފުނީގެ ނަމުގައެވެ. މިމަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބު ބާޠިލުވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެވެ.

 

ދުވަސް

ވަގުތު

މަޢުލޫމާތު ދިނުން

11 ސެޕްޓެމްބަރ 2019 ގައި

14:00 މެންދުރުފަހު

އަގު ހުށަހެޅުން

18 ސެޕްޓެމްބަރ 2019 ގައި

11:00 ހެނދުނު

 

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ބިޑް ސެކިޔުރިޓީ އޮރިޖިނަލް ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބް އަދި  ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައި ބާތިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

              

04 މުޙައްރަމް 1441

03 ސެޕްޓެމްބަރ 2019

08 ސެޕްޓެންބަރު 2019