ދިވެހިރާއްޖެ
އިޢުލާން
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދު ގައި ހިމެނޭ ހައުސިން ޔުނިޓް އަޅާދިނުމުގެ މަޝްރޫޢުގެ ދަށުން ގޯތީގައި ގެ އެޅުމަށް އެދޭ ފޯމުހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދު ގައި ހިމެނޭ ހައުސިން ޔުނިޓް އަޅާދިނުމުގެ މަޝްރޫޢުގެ ދަށުން ގޯތީގައި ގެ އެޅުމަށް އެދޭ ފަރާތްތަކަށް ފޯމް ދޫކުރުމަށް މިއިދާރާގެ ނަންބަރ (IUL)415/INDIV/2019/5 (22 އޮގަސްޓް 2019) އިޢުލާނުގައި ފޯމު ހުށަހެޅުމަށް ކުރިން ދެވިފައިވާ ސުންގަޑިއަކީ 05 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00ގައެވެ. އެހެން ނަމަވެސް ފޯމްތައް ހުށަހެޅުމަށް ބޮޑު ތަރުހީބެއް ލިބެމުންދާތީއާއި އަދި ގިނަ ބަޔަކު މި ފޯމު ހުށަހެޅުމަށް ބޭނުންވެ ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށް އެދެމުންގެންދާތީ ފޯމް ހުށަހެޅުމުގެ މުއްދަތު 12 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އިތުރު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6842596، ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.