|
މަޤާމް: ޑެސްކް އޮފިސަރ
|
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
ރޭންކް: ޖީ. އެސް. 3
|
|
މުސާރަ:4,465.00 ރ.
|
ސަރވިސް އެލަވަންސް: 1,500.00 ރ.
|
ސަޕޯޓިންގ ކޯ : 700.00 ރ.
|
|
ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%
|
ގިންތި: ދާއިމީ
|
މަޤާމުގެ ނަންބަރު: J-147740
|
|
ބޭނުންވާ އަދަދު: 1
|
މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
|
ޑިވިޜަން/ ސެކްޝަން: ސާރކް ޑިވިޜަން
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ސާކް ސެކްރެޓޭރިއަޓުން ފޮނުވާ މައްސަލަތަކުގެ ބްރީފް ޕޭޕަރާއި އެނެލިޓިކަލް ޕޭޕަރު ތައްޔާރުކުުރުމާއި ބްރީފް ޕޭޕަރުތައް އަޕްޑޭޓްކުރުން
- ރާއްޖޭގައި ބާއްވާ އެކިއެކި ސާކުގެ ޖަލްސާއާއި އެހެނިހެން ހަރަކާތްތަކުގައި ސާކް ސެކްރެޓޭރިއަޓާއި އަދި ލައިން މިނިސްޓްރީތަކާއިއެކު ކުރަންޖެހޭ މަސައްކަތްތައް ފެސިލިޓޭޓް ކޮށްދިނުން އަދި ބައްދަލުވުން/ހަރަކާތް ނިމުމުން ފޮލޯއަޕް ކުރަންޖެހޭ ފަރާތްތަކާއެކު ފޮލޯއަޕްކުރުން
- ސާކް ސަމިޓަށާއި ކައުންސިލް އޮފް މިނިސްޓަރުންގެ ޖަލްސާއަށާއި ސްޓޭންޑިންގ ކޮމިޓީ އަދި ޕްރޮގްރާމިންގ ކޮމިޓީގެ ޖަލްސާތަކަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތަކާއި ޕޮލޯއަޕް މަސައްކަތްތައް ކުރުން. މިގޮތުން ސުޕަވައިޒަރު އަންގާ ގޮތުގެ މަތިން ޖަލްސާތަކަށް ތައްޔާރުވާން ކުރަންޖެހޭ ކަންތައް ފުރިހަމަ އަށް ކޮށް ނިންމުން އަދި ޖަލްސާތައް ނިމުމުން ފޮލޯއަޕް ކުރަންޖެހޭ ކަންތައްތައް ދުވަހުން ދުވަހަށް ފޮލޯއަޕްކުރުން
- ސާކުގެ ދާއިރާއާ ގުޅިގެން ބައިވެރިވާންޖެހޭ ތަފާތު ބައްދަލުވުންތަކުގެ ބައިވެރިވެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން
- ސެކްޝަންގެ އެންމެ އިސްވެރިޔާ އަންގަވާގޮތުގެ މަތީން ސާކް ގެ އެކި އެކި ދާއިރާތަކުގެ ހަރަކާތްތައް މޮނިޓަރ ކުރުމާއި ޝެޑިއުލް ބެލެހެއްޓުމާއި ފޮލޯއަޕް ކުރުން.
- ސެކްޝަން އަށް އަންނަ އެންޓްރީ އަށް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން އެކްޝަން ނަގާ ފައިލްކޮށް މައްސަލަ ބެލެހެއްޓުން- ސެކްޝަނުގައި ނުނިމި ހުންނަ މަސައްކަތްތަކުގެ ރެކޯޑު (ޕެންޑިންގ) ބަލަހައްޓައި އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ނުވަތަ އަންގަންޖެހޭ ފަރާތްތަކަށް އެންގުން
- ސެކްޝަންގެ ފައިލިންގ ލިސްޓާއި، ކަލަންޑަރާއި، މީޓިންގ ޝެޑިއުލްތަކާއި، އަހަރީ ރިޕޯޓަށް ބޭނުންވާ މައުލޫމާތާއި އިދާރީ މިނޫންވެސް ރެކޯޑު ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
- މީގެ އިތުރުންވެސް މަސައްކަތުގެ ދާއިރާގެ ތެރެއިން ސެކްޝަނުން ކުރަންޖެހޭ އެހެނިހެން ހުރިހާ މަސައްކަތެއް ކުރުން
|
|
ޝަރުޠު (ތައުލީމާއި ތަޖުރިބާ)
|
1- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން
|
|
މަޤާމް: ޑެސްކް އޮފިސަރ
|
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
ރޭންކް: ޖީ. އެސް. 3
|
|
މުސާރަ:4,465.00 ރ.
|
ސަރވިސް އެލަވަންސް: 1,500.00 ރ.
|
ސަޕޯޓް ކޯ : 700.00 ރ.
|
|
ސްޕެޝަލް އެލަވަންސް: މުސާރައިގެ 35%
|
ގިންތި: ދާއިމީ
|
މަޤާމުގެ ނަންބަރު: J-230854
|
|
ބޭނުންވާ އަދަދު: 1
|
މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
|
ޑިވިޜަން/ ސެކްޝަން: އިންޑިއާ ޑިވިޜަން، ޕޮލިޓިކަލް އެފެއާޒް ސެކްޝަން
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- މިނިސްޓްރީން ހަމަޖައްސާ އުސޫލެއްގެ މަތިން، ރާއްޖެއާއި އިންޑިއާ އާދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ސުޕަވައިޒަރަށް އެހީތެރިވުން
- ދިވެހިރާއްޖޭގެ ޤާނޫނާ ހިލާފުވުމުގެ ސަބަބުން އިންޑިއާގެ ރައްޔިތުންނާއި ބެހޭގޮތުން ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަޅުއްވާ ފިޔަވަޅުތަކުގެ މަޢުލޫމާތު އިންޑިއާއަށް ސާފުކޮށް ދިނުމާއި އިންޑިއާ ރައްޔިތުންނާއި ގުޅިގެން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް ހައްލުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކާއެކު ކުރަންޖެހޭ މަސައްކަތްތަކުގައި ސުޕަވައިޒަރަށް އެހީތެރިވުން
- އިންޑިޔާއާ ގުޅުންހުރި މައްސަލަތަކުގެ ރިޕޯޓް، ބްރީފްސް، ޕޮޒިޝަން ޕޭޕަރ އަދި ސްޓޭޓްމަންޓް ތައްޔާރުކުރުމަށް ސުޕަވައިޒަރަށް އެހީތެރިކަން ފޯރުކޮށްދިނުން
- އިންޑިއާއަށް ސަފީރުން ޢައްޔަންކުރުމާއި އިންޑިއާއިން ސަފީރުން ބަލައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް އަދި އިންޑިއާގައި ރާއްޖޭގެ އޮނަރަރީ ކޮންސަލުން އައްޔަންކުރުމާއި އިންޑިއާގެ އޮނަރަރީ ކޮންސަލުން ބަލައިގަތުން އަދި މިކަންކަމަށް ބޭނުންވާ ރަސްމީ ލިޔުންތައް ތައްޔާރުކުރުން
- ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިންޑިއާގެ އިއްޒަތްތެރިންނާ ބައްދަލުކުރައްވާއިރު ބޭނުންފުޅުވާ މަޢުލޫމާތު ކަރުދާހާއި ޓޯކިންގ ޕޮެއިންޓް ތައްޔާރު ކުރުން. އަދި އީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިންޑިއާއަށް ކުރައްވާ އެކި ރަސްމީ ދަތުރުފުޅުތަކުގެ ފޮލޯއަޕް ކުރުން
- އިންޑިއާގައި ޤާއިމްކުރެވޭ ރާއްޖޭގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލަރ އޮފީސްތަކާއި އަދި ރާއްޖޭގައި ޤާއިމްކުރެވޭ އިންޑިއާގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލަރ އޮފީސްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ވިލަރެސްކުރުން
- ރާއްޖެއާއި އިންޑިއާ އާދެމެދު އިތުރަށް ގުޅުން ބަދަހިކުރުމަށް ނިންމާފައިވާ ދާއިރާތަކުން ކޯޕަރޭޝަން އެގްރީމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން
- ޑިވިޜަންގެ އިސްވެރިންގެ ލަފާގެދަށުން ޑިވިޜަނާގުޅޭ ބައްދަލުވުންތަކުގައި ބައިވެރިވެ މިބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކުރުން
- އިންޑިއާއިން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމާއި ގުޅޭ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން
- އިންޑިއާއިން ރާއްޖެއަށް ދޭ ތަމްރީންގެ ފުރުސަތުތަކާއި ގުޅޭ އެންޓްރީތައް ހަމަޖެހިފައިވާ އުސޫލުން ކުރިއަށް ގެންދިއުން
- ބައިނަލްއަޤްވާމީ އިންތިޚާބްތަކުގައި ރާއްޖޭގެ ނިންމުންތައް އިންޑިއާއަށް އެންގުމާއި ރާއްޖެއިން ކުރިމަތިލާ ބައިނަލްއަޤްވާމީ އިންތިޚާބްތަކުގައި އިންޑިއާގެ ތާޢީދު ހޯދުމަށް މަސައްކަތްކުރުން
- ކޮންމެ ހަފްތާއެއްގެ ޕެންޑިންގް މައްސަލަތައް ބަލައި މިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
- ޑިވިޜަންގެ މަސައްކަތާ ގުޅޭ އެކި ބައްދަލުވުންތަކުގައި ބައިވެރިވެ މިބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކުރުން
- ޑިވިޜަންގެ ފައިލިންގ މަސައްކަތްތަކާއި އާކައިވިންގ މަސައްކަތް ހަމަޖެހިފައި އޮންނަ އުޞޫލުން ޤަވާއިދުން ކުރުން
|
|
ޝަރުޠު (ތައުލީމާއި ތަޖުރިބާ)
|
ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން
|
|
އިތުރު އިނާޔަތް:
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
|
ވަޒީފާ އަދާކުރައްވަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
ޖީ.އެސް 3
|
- ތަޢުލީމާއި ތަމްރީން 40%
- އިމްތިހާން (ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން) 5%
- މަސައްކަތުގެ ތަޖުރިބާ 10%
- ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް) 45%
|
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
|
ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ
http://www.foreign.gov.mv/index.php/en/downloads ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3345011 އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
|
އިންޓަވިއު /އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު /އިމްތިޙާން އޮންނާނީ، 22 ސެޕްޓެމްބަރ 2019 އާއި 30 ސެޕްޓެމްބަރ 2019 އާ ދެމެދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
- ތައުލީމަށް 50%
- ތަޖުރިބާ 50%
|
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
|
ޖީ.އެސް 3 .................... 45%
|
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3323400 އަށް ގުޅުއްވުން އެދެމެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3345011 އެވެ. އީމެއިލް ކުރެއްވާނީ [email protected] އަށެވެ.
|
| |
|
|
|
|
|
|