ދިވެހިރާއްޖެ
ކ.ހުރާގައި ހުންނަ ގޭބީސީތަކާއި ކުންފުނިތަކަށް އަދި ސަރުކާރުގެ މުޢައްސަސާތަކަށާއި ގެސްޓް ހައުސްތަކަށް ވީ އެންމެ ހެޔޮއަގެއްގައި އަމިއްލަ ތަކެތީގައި ހައިސްޕީޑް އިންޓަރނެޓް ގެ ޚިދުމަތް ފޯރުކޮށްދޭނޭ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ 4 ސެޕްޓެމްބަރ 2019 ދުވަހުން ފެށިގެން 12 ސެޕްޓެމްބަރ 2019 ދުވަހުގެ 12:00 ގެ ނިޔަލަށް ހުރާ ކައުންސިލް އިދާރާގެ ނަމްބަރ:6640074 ނަމްބަރ ފޯނުން މަޢުލޫމާތު ސާފުކުރެއް ވުމަށްފަހު 15 ސެޕްޓެމްބަރ 2019 ދުވަހުގެ 13:00 ށް ހުރާކައުންސިލް އިދާރާއަށް މިމަސައްކަތް ކޮށްދޭނޭގޮތުގެ ޕްރަޕޯސަލެއް ހުށަހެޅުއްވުން އެދެމެވެ. ޕްރަޕޯސަލް ހުށަހަޅުއްވާނީ މަޢުލޫމާތު ޝީޓްގައި ހިމެނޭ ޖަދުވަލް 1 ގައި ވާ މަޢުލޫމާތު ތައް ހިމެނޭގޮތަށް އެ ކަރުދާހުގައި ވާ ފޯރމެޓާ އެއްގޮތަށެވެ.
އަދި ޕްރަޕޯސަލް ހުށަހަޅުއްވާއިރު މަސައްކަތް ލިބިއްޖެނަމަ ޕްރަޕޯސަލް ކާމިޔާބު ކުރާ ފަރާތްތަކުން ކައުންސިލަށް އަދި ރަށުގެ ސްކޫލްގެ ތަރައްޤީ އަށް ކޮށްދޭނޭ ކަންކަންހިމަނުއްވާފައިވާ ފަރާތްތަކަށް އަދި ކައުންސިލްއިދާރާއަށް ހިލޭއިންޓަރނެޓް ގެ ޚިދުމަތް ދެއްވާނޭ ފަރާތްތަކަށް އިސްކަންދެވޭނޭ ކަމުގައި ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.
4 މުޙައްރަމް 1441
03 ސެޕްޓެމްބަރ 2019