ދިވެހިރާއްޖެ
އިޢުލާން
"އިޖްތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމްގެ ދަށުން ހިދުމަތް ދިނުމަށް ރަޖިސްޓްރީވާ ފާމަސީތަކުން އަމަލުކުރަންޖެހޭ އުސޫލު" ތަންފީޒުކުރުމަށް އިތުރު ވަގުތު ދިނުމާއި ގުޅޭ.
މިއެޖެންސީގެ ނަންބަރު(IUL)199-PLS/199/2019/30 (16 ޖޫން 2019) އިއުލާނާއި ހަވާލާދީ ދަންނަވަމެވެ.
"އިޖުތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމްގެ ދަށުން ޚިދުމަތްދިނުމަށް ރަޖިސްޓްރީވާ ފާމަސީތަކުން ޢަމަލު ކުރަންޖެހޭ އުސޫލު" ގައި ބަޔާންކުރާ އިޖުތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމްގެ ދަށުން ޚިދުމަތް ދިނުމަށް ރަޖިސްޓްރީވާ ފާމަސީތަކުގެ ދަފުތަރުގައި އަލުން ރަޖިސްޓްރީ ކުރުމަށް ހަވާލާދީފައިވާ އިއުލާނުގައި ދީފައިވާ މުއްދަތު، 30 ސެޕްޓެންބަރު 2019 ގެ ނިޔަލަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
މިގޮތަށް މިމުއްދަތު އިތުރު ކޮށްދިނުމުގެ ބޭނުމަކީ ޙިދުމަތްދޭ ފަރާތްތަކުން ހުށަހަޅާފައިވާ ކަންކަމަށް ރިއާޔަތްކޮށް، ޙިދުމަތްދޭ ފަރާތްތަކުގެ ބައިވެރިވުން ފުރިހަމަގޮތެއްގައި ހޯދުމާއި، ދެމެހެއްޓެނެވި ގޮތެއްގައި މިކަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ތައްޔާރީތައްވުމަށް އާސަންދަ ކުންފުންޏަށް އަދި ޙިދުމަތްދޭ ފަރާތްތަކަށް އިތުރު ފުރުސަތު ދިނުމެވެ.
އިޖުތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމްގެ ދަށުން ޚިދުމަތްދޭ ފާމަސީތަކުން ރަޖިސްޓްރީވުމަށް އެދޭ ފޯމު އާސަންދަ ކުންފުނީގެ ކައުންޓަރުންނާއި، އެ ކުންފުނީގެ ވެބްސައިޓް www.aasandha.mv އިން ލިބެން ހުންނާނެއެވެ. އަދި މިކަން ލުއިފަސޭހަގޮތެއްގައި ކުރިއަށް ގެންދިއުމަށް އާސަންދަ ކުންފުންޏާއި މުއާމަލާތްކޮށް، ކުންފުނީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ.
05 މުޙައްރަމް 1441
04 ސެޕްޓެންބަރު 2019