މަސައްކަތް
ނަންބަރު: (IUL)KRH-APD/2019/15
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 19 ސެޕްޓެންބަރު 2019 13:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
1 އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހާ ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުޅުވާލުން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިމާރާތާއި ގޯތި ކުނިކަހާ، ފޮޅާ، ސާފު ކުރުމުގެ މަސައްކަތް 1 އަހަރު  ދުވަހުގެ  މުއްދަތަށް  ކޮންޓްރެކްޓް  އުސޫލުން ކޮށްދޭނެ  ފަރާތެއް  ހޯދުމަށް  ކުރެވުނު  ނަމްބަރ: (IUL)KRH-APD/2018/09 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަން ތަކުގެ މުއްދަތު ހަމަވެފައިވާތީ އެ އިޢުލާނާއި، އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ބާތިލް ކޮށްފީމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އޮފީހަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.  

  • ރަޖިސްޓްރީ ކުރުން

05 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 11 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ ނިޔަލަށް ހެނދުނު   9:00 ން 13:00 އަށް

  • ޕްރިބިޑް މީޓިން

12 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 13:00 ގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މީޓިން ރޫމްގައި.

 ޕްރޮޕޯސަލް ހުށަހެޅުން

19 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 13:00 އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މީޓިން ރޫމްގައި.

ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ކަމުގައި ދެންނެވީމެވެ.

04 ސެޕްޓެންބަރު 2019